Advertisement

ޔޫއެފްއޯ ހޯދުމުގެ މަސައްކަތުގައި ނާސާއިން ބައިވެރިވެއްޖެ

16 ސެޕްޓެންބަރު 2023 - 19:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން. -- ފޮޓޯ: އޭއެފްޕީ


ޔޫއެފްއޯ ހޯދުމުގެ މަސައްކަތުގައި ނާސާއިން ބައިވެރިވެއްޖެ

16 ސެޕްޓެންބަރު 2023 - 19:00 0

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 15) - ގޮތް ނޭނގޭ އުދުހޭ އެއްޗެހި ނުވަތަ ޔޫއެފްއޯ ހޯދުމުގެ މަސައްކަތުގައި ނާސާއިން ރަސްމީކޮށް ބައިވެރިވެއްޖެ އެވެ.

އެގޮތަށް ނިންމީ ޔޫއެފްއޯގެ ހަގީގަތް ހޯދުމަށް އަހަރެއް ވަންދެން ނާސާއިން ކުރި މަސައްކަތްތަކަށް ފަހުގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.

"ކަންކަމާ މެދު ސުވާލުކޮށް ހޯދާ ބެލުމަކީ ނާސާގެ ޑީއެންއޭގައިވާ ސިފައެއް،" އެ އެޖެންސީގެ ޗީފް ބިލް ނެލްސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނާސާގެ ޓެކްނޮލޮޖީތަކާއި އެހެނިހެން ކުރިއެރުންތަކަށް ބަލާއިރު ޔޫއެފްއޯ ހޯދުމަށް ކުރާ މަސައްކަތުގައި އެ އިދާރާއަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ޔޫއެފްއޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ސައިންސް ހޯދުން."

އެގޮތުން އިންސާނުން ނޫން އެހެން ދިރުމެއްގެ ހޯދުންތަކެއް ފެނިއްޖެ ކަމަށް ކަނޑައަޅާނީ އެހެން ހުރިހާ ގޮތްތަކެއް ސައިންސްގެ އަލީގައި ބަލައި، އެންމެ ފަހު ނިންމުމެއްގެ ގޮތުގައި ކަމަށް ނާސާއިން ބުންޏެވެ.

ޔޫއެފްއޯ ޕްރޮގްރާމްގެ އިސްވެރިޔަކަށް ނާސާއިން ހަމަޖެއްސީ މާކް މެކްއިނޭނީ އެވެ. އޭނާ ވަނީ 1996 އިން އެމެރިކާ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވައި، ޔޫއެފްއޯއާ ގުޅުން ހުރި ކަންކަމުގައި ނާސާއިން ޕެންޓަގަންއަށް ކަނޑައަޅާފައި ހުންނަ މަންދޫބުކަން ކުރައްވައިފަ އެވެ.