14 ސެޕްޓެންބަރު 2023 - 18:04 1
އަމަން ހަލީމް
ެެރާއްޖޭގައި ހިންގާ ރިސޯޓެއް: ރިއަލް އެސްޓޭޓް ޓެކްސް ނަގާ ވިލާތަކުން ޓީޖީއެސްޓީއެއް ނުނަގާނެ -- ފޮޓޯ/އެޓްމޮސްފިޔާ ރިސޯޓްސް
14 ސެޕްޓެންބަރު 2023 - 18:04 1
ރިސޯޓުތަކުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ވިލާތަކުން ޓީޖީއެސްޓީގެ ބަދަލުގައި ރިއަލް އެސްޓޭޓް ޓެކްސް ނަގަން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. އެގޮތުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.
ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހުގައި ވަނީ ޓޫރިސްޓު ރިސޯޓެއްގެ ނުވަތަ އިންޓަގްރޭޓޭޑް ޓޫރިސްޓު ރިސޯޓެއްގެ ވިލާ އެއް ނުވަތަ ކޮޓަރި އެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާ އެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކާލުމުގެ ޖުމްލަ އަގުގެ ހަތަރު ޕަސެންޓުގެ ރޭޓުން ޓޫރިޒަމް ރިއަލް އެސްޓޭޓު ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ.
ސަރުކާރުން މީގެ ދެ ހަފުތާއެއް ކުރިން ގެޒެޓުކުރި ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ރިސޯޓެއްގައި ހަދާފައި ހުރި އެޕާޓްމަންޓެއް، ވިލާއެއް ނުވަތަ ކޮޓަރިއަކުން ދައްކަން ޖެހެނީ ޓީޖީއެސްޓީ އެވެ. އެކަމަކު ޓީޖީއެސްޓީ ދައްކަން ޖެހެނީ ކުއްޔަށް ދޫކޮށްފައިވާ ވިލާގެ ވެރިފަރާތް ނޫން އެހެން ފަރާތެއް އެތަނުގައި އުޅޭ ނަމަ، އެ އުޅޭ ދުވަސްތަކަށް އެކަންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment