Advertisement

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތެއް ދެނީ

14 ސެޕްޓެންބަރު 2023 - 17:34 0

ދަރުމަވަންތަ ހޮސްޕިޓަލް


ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތެއް ދެނީ

14 ސެޕްޓެންބަރު 2023 - 17:34 0

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގައި މަސައްކަތް ކުރާ މުވައްޒަފުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކޮށްފި ނަމަ ހާޒިރީ އިނާޔަތެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސޯޝަލް ހެލްތު އަދި ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދޭން ނިންމީ ސިއްހީ ފަންނުވެރިން ރައީސް ސޯލިހާ ބައްދަލު ކުރެއްވުމަށްފަހު ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހު ކަމަށެވެ.

"ޕޭ ފްރޭމްވޯކަށް ހިޖުރަކުރި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމާފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ޑިއުޓީ އުސޫލުން ހާޒިރުވެ، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރި ނަމަވެސް އެ އިނާޔަތް ލިބޭ ގޮތަަށް ސަރުކާރުން ނިންމި އެވެ.