Advertisement

ކޮންމެ ފަހަރަކުވެސް ރައްޔިތުން ވޯޓު ދެނީ އެވަގުތަކު ހުންނަ ވެރިޔަކު ބަދަލުކުރަން؛ ބޮންޑެ

13 ސެޕްޓެންބަރު 2023 - 12:27 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ެަރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ


ކޮންމެ ފަހަރަކުވެސް ރައްޔިތުން ވޯޓު ދެނީ އެވަގުތަކު ހުންނަ ވެރިޔަކު ބަދަލުކުރަން؛ ބޮންޑެ

13 ސެޕްޓެންބަރު 2023 - 12:27 0

ރާއްޖޭގައި ކޮންމެ ފަހަރަކު ވޯޓުދެނީ އެވަގުތަކު ހުންނަ ވެރިއަކު ބަދަލުކުރަން ކަމަށާއި އެއީ ވެރިކަން ހިންގާ ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓައިލަން ގޮވާލައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ބޮންޑެ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަނާ ފަސާދައިން ވޯޓު ގަންނަން އުޅުނަސް އެއްވެސް ސަރުކާރަކަށް އެކަން ކާމިޔާބު ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން ކޮންމެ ފަހަރަކު ވެސް ވޯޓު ދެނީ ބަދަލަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރީ ފަހަރު ޔާމީނު ނޫން ގޮތެއް، މިފަހަރު އިބޫ ނޫން ގޮތެއް، ދެން އަންނަ ފަހަރު މުއިއްޒު ނޫން ގޮތެއް. އިއްޒަތްތެރި ރައީސް މިއީ ވެރިކަން ހިންގާ ގޮތެއް ނޫން،" ބޮންޑެ ވިދާޅުވި އެވެ.

ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމުކަމަށް ވާއިރު ޕާޓީތަކުން ކޯލިޝަން ތައް ހަދާތީ އެކަމަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ. ހާއްސަކޮށް މިފަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ޕާޓީ ކަމަށްވާ އެމްޑީޕީއާއި ޕީއެންސީން ކޯލިޝަން ހަދަނީ ނިސްބަތުން ވަރަށް މަދު ވޯޓު ލިބުނު ޕާޓީތަކާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ގައުމުގެ މި ދައުލަތުގެ ސަރުކާރެއް ފޮތިފޮއްޗެއް ނުކުރެވޭނެ،" ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ކޯލިޝަން ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފަ އެކެވެ. ރާއްޖޭގެ އިންތިހާބުތަކުގައި އެއް ޕާޓީއަކަށް ރަނގަޅު އަގުލަބިއްޔަތެއް ނުލިބޭތީ ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވެ އެވެ.