Advertisement

އެޕަލް އިވެންޓް މިރޭ: އުންމީދު ކުރެވޭ ކަންތައްތައް

12 ސެޕްޓެންބަރު 2023 - 10:17 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


އެޕަލް އިވެންޓް މިރޭ: އުންމީދު ކުރެވޭ ކަންތައްތައް

12 ސެޕްޓެންބަރު 2023 - 10:17 0

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެޕަލް އަށް ލޯބިކުރާ ފަރާތްތަކުން އިންތިޒާރު ކުރަމުންދަނީ، ސްޓީވް ޖޮބްސް ތިއޭޓަރުގައި ބާއްވަން ހަމަޖެހިފައިވާ އެޕަލްގެ "ވޮންޑަލަސްޓް" އިވެންޓަށެވެ. އެޕަލްގެ އެހެން އިވެންޓްތަކެކޭ އެއްފަދައިން މި އިވެންޓުގައި ވެސް އެޕަލް ޔޫޒަރުންނަށް އުފާ ގެނުވާނެ ކަންކަން ހާމަ ކުރާނެ ކަމަށް ވައުދުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ އައިފޯން 15 އާއި އާ އެޕަލް ގަޑިތައް ހިމެނެ އެވެ.

އަހަރަކު އެއްފަހަރު ބާއްވާ އެޕަލް އިވެންޓަކީ މިހާރު އެޕަލްގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ބައެކެވެ. އިވެންޓް އަބަދުވެސް ބާއްވަނީ ހުޅަނގުގެ ހޫނު މޫސުން ނިމޭ ދުވަސްވަރު ސެޕްޓެމްބަރުގަ އެވެ. އައިފޯން 15 އާ ބެހޭ ގޮތުން އެކި އަޑުތައް ފެތުރިފައިވާއިރު، އެޕަލްގެ ކެތްމަދުވެފައިވާ ފޭނުންނަށް ހަގީގަތް މިރޭ ހާމަވެގެންދާނެ އެވެ.

އައިފޯން 15

ޝައްކެއްވެސްނެތް ގޮތުގައި މި އިވެންޓްގެ ތަރިއަކަށް ވާނީ އައިފޯން 15 އެވެ. އެޕަލްގެ އާ އައިފޯނާއި ބެހޭގޮތުން އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، ޒަމާނުއްސުރެ އެޕަލްގެ ލައިޓްނިން ޔޫއެސްބީ ކޭބަލް ބޭނުންކުރަމުންދާ އައިފޯން އަށް ޔޫއެސްބީ-ސީ ސަޕޯޓް ކުރާނެ ވާހަކަ އެވެ. މިއީ އީޔޫ އިން ޑިވައިސްތައް ޕޯޓްތައް ސްޓޭންޑަޑައިޒް ކުރުމަށް އުފެއްދު ގަވާއިދާ ގުޅިގެން އަންނާނެ ކަމަށް ބެލެވޭ ބަދަލެކެވެ. ޕޯޓްތަކަށް އަންނާނެ އިތުރު ބަދަލެއް ކަމަށް ދެކެވެނީ، އައިފޯން 15 ޕްރޯ އަށް ޔޫއެސްބީ 3.2 ޑޭޓާ ސްޕީޑް ލިބުމެވެ.

ވަޔަލެސް ޗާޖިން އަށް ވެސް އަޕްގްރޭޑެއް ލިބޭނެ ކަމަށް ބެލެވެ އެވެ އެއީ ވަޔަލްސް ޗާޖިންގައި ދަގަތްފާނު ހިމެނޭ ކީޓޫ ސްޓެންޑަޑް ބޭނުންކޮށްގެން 35 ވަޓްގެ ވަޔަލެސް ޗާޖިން އެވެ. އައިފޯން 14 ޕްރޯގައި ތައާރަފްކުރި ޑައިނަމިކް އައިލެންޑް ފީޗާ ވެސް އައިފޯން 15 ގެ ބައެއް މޮޑެލްތަކަށް ވެސް އަންނާނެ ކަމަށް ލަފާކުރެވެ އެވެ.

ދެން އެންމެ ތަފާތު ބަދަލަކަށް އަންނާނެ ކަމަށް އަޑު ފެތުރިފައިވަނީ ޕްރޯ މެކްސްގެ ބަދަލުގައި އައިފޯން 15 އަލްޓްރާ ތައާރަފް ކުރުމެވެ. މި މޮޑެލްގައި 120 ހާޓްޒްގެ ރިފްރެޝް ރޭޓާއެކު 6.7 އިންޗީގެ ޑިސްޕްލޭއަކާއި، ސްލިމް ބެޒެލްތަކާއި، ކަސްޓަމައިޒް ކުރެވޭ "އެކްޝަން" ބަޓަނެއް ހުންނާނެ ކަމަށްވެ އެވެ.

އެޕަލް ވޮޗް ސީރީޒް 9

އެޕަލް ވޮޗް ސީރީޒް 9 އާ ބެހޭ ތަފްސީލުތައް މަދު ނަމަވެސް، އާ ޕްރޮސެސަރުތަކާއި އިތުރު ކުލަ އޮޕްޝަންތައް ލިބޭނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން ވޮޗް ގެ ކޭސްތައް ތްރީޑީ ޕްރިންޓްކުރަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

އެއާޕޮޑްސް އަދި އިތުރު ތަކެތި

މި އިވެންޓްގައި އެއާޕޮޑްސްގެ ކަމުދާ ފަރާތްތަކަށް ވެސް އިންތިޒާރު ކުރަން ޖެހޭ ކަމެއް ހުރެދާނެ އެވެ. އޭގެ ތެރޭގައި އެޗްޓޫ ޗިޕް ޓްރީޓްމަންޓާއި ސްޓެންޑަލޯން ޔޫއެސްބީ-ސީ ޗާޖިން ކޭސްތައް ހިމެނެ އެވެ. މީގެ އިތުރުން އާ ހޯމްޕޮޑް މިނީއެއް ވެސް ފެނިދާނެ އެވެ.

ވިޝަން ޕްރޯއަށް ބަލާއިރު، ކޮންޓެންޓްގެ ތަފްސީލުތައް އަދިވެސް ޔަގީން ނުވި ނަމަވެސް، އޭގެ ވެސް އިތުރު މައުލޫމާތު ލިބޭނެ ކަމަށް އުންމީދުކުރެވެ އެވެ. އަންނަ އަހަރުގެ ކުރީކޮޅު ހެޑްސެޓް ރިލީޒް ކުރަން ނިންމާފައިވާ އއިރު، ޑެމޯތަކެއް ފެނުންވެސް އެކަށީގެންވެ އެވެ.

ޕްރޮޑަކްޓްތަކުގެ އިތުރުން އައިއޯއެސް، މެކްއޯއެސް، އައިޕެޑްއޯއެސް، އަދި ވޮޗްއޯއެސް ރިލީޒްކުރާނެ ތާރީހުތަކާ ބެހޭ އިތުރު މައުލޫމާތު ވެސް އިވެންޓްގައި ހާމަކޮށްފާނެ އެވެ. މިއަހަރު އާ މެކް އެއް ރިލީޒް ކުރުމުގެ ފުރުސަތު ކުޑަ ނަމަވެސް، އެމް3 2024 ގައި ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ.

އެޕަލް އިވެންޓް އޮންނާނީ ރާއްޖެ ގަޑިން މިރޭ 10 ޖަހާއިރު އެވެ. މި އިވެންޓް ލައިވްކޮށް އެޕަލްގެ ވެބްސައިޓުން ބަލާލެވެނޭ އެވެ.