Advertisement

ޖަރުމަނުގެ ކޯޗުކަމުން ފްލިކް ވަކިކޮށްފި

11 ސެޕްޓެންބަރު 2023 - 12:21 0


ޖަރުމަނުގެ ކޯޗުކަމުން ފްލިކް ވަކިކޮށްފި

11 ސެޕްޓެންބަރު 2023 - 12:21 0

މިއުނިކް (ސެޕްޓެމްބަރު 11) - ފާއިތުވި މެޗުތަކުގައި ނުކުތް ދަށް ނަތީޖާތަކުގެ ސަބަބުން ޖަރުމަނުގެ ކޯޗަކަށް ހުރި ހަންސީ ފްލިކް މަގާމުން ވަކިކޮށްފި އެވެ.

ފްލިކް އަކީ ނަތީޖާތަށް ދަށްވެގެން ޖަރުމަނު ފުޓްބޯޅަ ޓީމުން ވަކިކުރި ފުރަތަމަ ކޯޗެވެ. ޖަރުމަނު ކޯޗުކަން 1926 ވަނަ އަހަރުން ފެށިގެން ފުރަމުން އައި ކޯޗުން މަގާމުން ދުރުވަނީ އެކަށީގެންވާ މުއްދަތެއްގައި އެ ޒިންމާ އަދާކޮށް، ދެ ފަރާތް އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ. އެކަމަކު، ފްލިކަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން އެންމެ މެޗަކުން މޮޅުވެވި، ހަތަރު މެޗުން ބަލިވުމުން، ފްލިކް ވަކިކުރަން ޖަރުމަނު ފެޑެރޭޝަނުން ނިންމީ އެވެ.

ޔަކީމް ލޯ، ޖަރުމަނު ކޯޗުކަމުން 2021 ވަނަ އަަހަރު ވަކިވުމުން، އެ މަގާމަށް ފްލިކް ހަމަޖައްސައި، އޭނާގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅުނު 25 މެޗުގެ ތެރެއިން މޮޅުވީ 12 މެޗުންނެވެ.

ފްލިކް ވަނީ 2006 އިން 2014 އަށް ޖަރުމަނު ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. ބަޔާން މިއުނިކްގައި ކުރި ކާމިޔާބު މަސައްކަތްތަކާ އެކު، ފްލިކަށް ޖަރުމަނުގެ ކޯޗުކަން ދިން ނަމަވެސް އެ ޒިންމާ އެންމެ ރަނގަޅަށް އަދާ ނުކުރެވުނެވެ.

ދާއިމީ ކޯޗެއް ހަމަޖައްސަންދެން ޖަރުމަނު ޓީމަށް އިރުޝާދުދޭނީ ޓީމުގެ ސްޕޯޓިން ޑިރެކްޓަރުގެ ޒިންމާއާ ހަވާލުވެހުރި ރޫޑީ ވޮލާ އެވެ. އަންނަ އަންގާރަ ދުވަހު، ޖަރުމަނުން ފްރާންސާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ވޮލާ ޓީމު ގޮވައިގެން ނުކުންނާނެ އެެވެ. އެސިސްޓަންޓުންނަށް ހުންނާނީ ހެނެސް ވުލްފް އަދި ސަންޑްރޯ ވަގްނާ އެެވެ.

ޖަރުމަަނު އެންމެ ފަހުން ކުޅުނު މެޗުން ޖަޕާން އަތުން ވަނީ 4-1 އިން ބަލިވެފަ އެެވެ. އެއީ، ޖަރުމަނު ޓީމާ އެކު ފްލިކްގެ އެންމެ ފަހު މެޗެވެ.