Advertisement

އަބްދުއްރަހީމް ދެއްވީ މުއިއްޒަށް ވޯޓުދިން ސަބަބުތަކުގެ ދިގު ލިސްޓެއް

10 ސެޕްޓެންބަރު 2023 - 23:07 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މިރޭ ބޭއްވި ޕީއެންސީ/ޕީޕީއެމް ޖަލްސާގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: ޝާބިން/އަދަދު


އަބްދުއްރަހީމް ދެއްވީ މުއިއްޒަށް ވޯޓުދިން ސަބަބުތަކުގެ ދިގު ލިސްޓެއް

10 ސެޕްޓެންބަރު 2023 - 23:07 0

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ބަޔަކު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރި ސަބަބުތައް ކަމަށް ދެކެވަޑައިގަންނަވާ ކަންތައްތަކުގެ ދިގު ލިސްޓެއް އެޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ދެއްވައިފި އެވެ.

އިންތިހާބުގައި މުއިއްޒަށް ވޯޓުދިން މީހުންނަށް ޝުކުރު ދެންނެވުމަށް މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި "ޝުކުރިއްޔާ ދިވެހިން" ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ގިނަ ބަޔަކު އެޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރީ އޭނާ މިރޭ ދެއްވި ލިސްޓްގައިވާ ސަބަބުތަކާ ހެދި ކަމަށެވެ.

އަބްދުއްރަހީމްގެ ލިސްޓުގައި އެންމެ ކުރީގައި އުޅެނީ އިންޑިއާ ސިފައިންގެ މައްސަލަ އެވެ. އަދި މިނިވަންކަމާއި ހާރިޖީ ގުޅުމާ ގުޅޭ މައްސަލަތަކެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރެއްވި އިރު އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކާމިޔާބުވެފައެެއް ނުވެ އެވެ. މިމަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް ސޯލިހަށް 85,939 ވޯޓު ލިބިވަޑައިގަތް އިރު އެމަނިކުފާނުގެ މައްޗަށް ކުރި ހޯއްދެވި މުއިއްޒަށް 101,444 ވޯޓު ލިބިވަޑައިގަތެވެ.

މިހާރު އޮތް ނަތީޖާއަށް ބަލާއިރު ދެވަނަ ބުރުގައި މޮޅުވުމަށް ޓަކައި، ދެ ވަނަ ބުރަށް ވަޑައިގެންނެވި ދެ ބޭފުޅުން ވެސް ދެން އިސްކަން ދެއްވަން ޖެހިވަޑައިގަންނަވާނީ ދަ ޑިމޮކްރެޓްސް އަށެވެ. އިލްޔާސް ތިންވަނަ ކެންޑިޑޭޓަށް ވެވަޑައިގަތީ 15,607 ވޯޓާ އެކު އެވެ.