Advertisement

އިނގިރޭސިވިލާތުގައި ވޯޓުލާން ފަށައިފި

9 ސެޕްޓެންބަރު 2023 - 12:46 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އިނގިރޭސިވިލާތުގައި ވޯޓުލާން ފަށައިފި

9 ސެޕްޓެންބަރު 2023 - 12:46 0

ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާފައިހުރި ވޯޓުފޮށިތަކުގެ ތެރެއިން އިނގިރޭސި ވިލާތުގައި ބެހެއްޓި ވޯޓުފޮށްޓަށް ވޯޓުލާން ފަަށައިފި އެވެ.

އިނގިރޭސި ވިލާތުގައި ވޯޓުލުން ލަހުން ފެށީ ރާއްޖެއާ އިނގިރޭސި ވިލާތުގެ ޓައިމް ޒޯން ތަފާތުވުމުގެ ސަބަބުންނެވެ. ވޯޓުލާން ފަށާފައިވަނީ ލަންޑަން ގަޑިން ހެނދުނު 8:00 ގަ އެވެ. ލަންޑަންގައި ބަހައްޓާފައި ހުރި މި ފޮށްޓަށް ވޯޓުލެވެނީ 465 މީހުންނަށެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށް ލިބޭއިރު ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް ސޯލިހުގެ އިތުރުން ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 ޕސެންޓުގެ އިތުރުން އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.