Advertisement

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

9 ސެޕްޓެންބަރު 2023 - 08:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ : މިއަދު އިންތިހާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ހައްގުލިބޭ - ފޮޓޯ: / އަދަދު


ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި

9 ސެޕްޓެންބަރު 2023 - 08:01 0

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިއަދު ފަށައިފި އެވެ.

ވޯޓުލާން ފެށިއިރު ހެދުނު 7:00 އިން ފެށިގެން ވޯޓުލާ މަރުކަޒުތައް ދޮށުގައި މީހުން ވަނީ ކިޔު ހަދަން ފަށާފަ އެވެ.

ވޯޓުލުން މިހާރު ފެށިގެން ކުރިއަށްދާއިރު، ވޯޓުފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހަވީރު 4:00 އެވެ. ނަމަވެސް ގަޑިޖެހޭއިރު ކިއުގައި ބަޔަކު ތިބި ނަމަ އެ ފަރާތްތަކަށް ވޯޓުލާން ފުރުސަތު ދެވޭނެ އެވެ. އެއަށްފަހު ވޯޓުފޮށި ބަންދުކުރެވިގެންދާނެ އެވެ.

އީސީން މައުލޫމާތު ދީފައިވާ ގޮތުގައި އަބޫ ދާބީ އާއި ލަންޑަން ފިޔަވައި އެހެން ހުރިހާ މަރުކަޒެއްގައި ވޯޓުލުން ވަނީ ފެށިފަ އެވެ.

ވޯޓު ގުނަން ފަށާނީ ފޮށި ބަންދުކުރުމަށްފަހު 30 މިނެޓު ފަހުންނެވެ. ބެލެވޭ ގޮތުގައި އިންތިހާބުގެ ވަގުތީ ނަތީޖާއެއް މިރޭގެ ވަގުތެއްގައި އިނގިގެންދާނެ އެވެ. އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ އެންމެ މަތީ ނަތީޖާ ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށް ލިބޭއިރު ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް ސޯލިހުގެ އިތުރުން ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 ޕސެންޓުގެ އިތުރުން އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.