Advertisement

މަހުލޫފު ވިދާޅުވަނީ އިންތިހާބުގައި ދީނީ ކާޑު އިތުރަށް ނުކުޅެވޭނެ ކަމަށް

8 ސެޕްޓެންބަރު 2023 - 00:01 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީން މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަ ދައްކަަވަނީ. ފޮޓޯ:މިރާން/ނާޝިމް


މަހުލޫފު ވިދާޅުވަނީ އިންތިހާބުގައި ދީނީ ކާޑު އިތުރަށް ނުކުޅެވޭނެ ކަމަށް

8 ސެޕްޓެންބަރު 2023 - 00:01 0

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަަރު ނިމޭ އިރު ރާއްޖޭގައި އިސްލާމްދީން ކުރިން ވެސް އޮތް ގޮތަށް ދެމި އެބަ އޮތް ކަމަށާއި އިންތިހާބުގައި ދީނީ ކާޑު އިތުރަށް ނުކުޅެވޭނެ ކަމަށް ވިދާޅުވެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާދަވެރިންނަށް ރައްދު ދެއްވައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި މަހުލޫފު ވިދާޅުވީ އިންތިހާބުގެ ވާހަކަ މިދިޔަ ދެތިން ދުވަހު މުޅިން ދީނީ ވާހަކައަކަށް ބަަދަލުވެއްޖެ ކަމަށެވެ. ކުއްލިއަކަށް ބޮޑެތި ލިސްޓް ހަދައިގެން އިލްމުވެރިންގެ ނަމުގައި ސޮއިކުރަން ވެސް ކުރަން ފަށައިފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއް ބަޔަކު ބުނަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެއްޔާ މިގައުމުން އިސްލާމްދީން ފުހެވޭނެޔޯ. ބަލަގަ އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ދައުރު ނިމުނިއްޔޭ މިއޮއް. އެކަމަކު ރައީސް ސޯލިހު މިގައުމުން އިސްލާމްދީން ފޮހެއެއް ނުލައޭ. މިގައުމުގެ މިސްކިތްތަކުން ބަންގި އެބަ ގޮވާ. މިއަދު ދީނީ ކާޑެއް އިތުރަކަށް މިގައުމުގައި ނުކުޅެވޭނެ،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް މިހާރު އެއަށް ވުރެ ބޮޑަށް ކަންތައްތައް އެނގޭ ކަމަށާއި ދީނުގެ ނަމުގައި "ޖަހަން އުޅޭ ޗިޕް" ރައްޔިތުންގެ ބޮލަށް ނުޖެހޭނެ ކަމަށެވެ.

މަހުލޫފު މިމޭރުމުން މިރޭ ވާހަކަދެއްކެވި އިރު، ރައީސް ސޯލިހަށް ތާއީދުކުރާ އިލްމުވެރިންތަކެއް އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެމަނިކުފާނަށް ތާއީދުކުރާކަން ހާމަކުެރއްވި އެވެ. އަދި އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފާއި ޝައިޚު އިލްޔާސް ހުސައިން ބައިވެރިވެވަޑައިގެންނެވި އެވެ.