Advertisement

ޔޫކްރެއިންގެ މާކެޓަކަށް ދިން ހަމަލާއެއްގައި 17 މީހުން މަރުވެއްޖެ

7 ސެޕްޓެންބަރު 2023 - 08:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މާކެޓަށް ހަމަލާ ދިން ވަގުތު. -- ފޮޓޯ: ޓެލެގްރާމް


ޔޫކްރެއިންގެ މާކެޓަކަށް ދިން ހަމަލާއެއްގައި 17 މީހުން މަރުވެއްޖެ

7 ސެޕްޓެންބަރު 2023 - 08:25 0

ޔޫކްރެއިންގެ "ސުލްހަވެރި ސިޓީ" ކޮސްޓިޔަންޓިނިވްކާގެ މާކެޓަކަށް ދިން ހަމަލާ އެ ގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ކުށްވެރި ކުރައްވައިފި އެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި މާކެޓުގައި ގިނަ ބަޔަކު އުޅެނިކޮށް ދިން ހަމަލާގައި ކުޑަކުއްޖަކު ހިމެނޭހެން 17 މީހުން މަރުވި އެވެ.

ޔޫކްރެއިންގެ އިރުމަތީ ޑޮނެސްކް ސަރަހައްދުގައި އޮންނަ އެ ސިޓީއަކީ ރަޝިއާ ސިފައިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ފްރަންޓްލައިން ކައިރީގައި އޮންނަ ސިޓީއެކެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯތަކުން ފެންނަނީ މާކެޓުގެ ކަނެއްގައި ގޮވުމެއް ގޮވާ މަންޒަރެވެ. އެ ހަމަލާއާ ގުޅިގެން ރަޝިއާއިން ވަކި އެއްޗެއް ނުބުނެ އެވެ.

އެކަމަކު ހަމަލާގެ ފަހަތުގައި އޮތީ ރަޝިއާ ކަމަށް ވިދާޅުވެ، ޒެލެންސްކީ ވަނީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ފާހަގަކުރައްވައިފަ އެވެ.

މަދުވެގެން 33 މީހުންނަށް އަނިޔާވި ކަމަށް ބެލެވޭ އިރު، ބާރުގަދަ ގޮވުމާ އެކު މާކެޓުގެ ސަރަހައްދެއްގައި އަލިފާން ރޯވި އެވެ.

އެ ހަމަލާގެ ތަހުގީގެއް ފަށާފައިވާ އިރު ޔޫކްރެއިނުން ބުނީ ރަޝިއާއިން ހިންގާ ހުރިހާ ޖަރީމާއެއްގެ ރިކޯޑް ރަނގަޅަށް ބަލަހައްޓާނެ ކަމަށެވެ.