Advertisement

އަހަރެންނާއި މެސީ އަށް ޕީއެސްޖީން އިހުތިރާމެއް ނުލިބުނު: ނޭމާ

6 ސެޕްޓެންބަރު 2023 - 16:21 0


އަހަރެންނާއި މެސީ އަށް ޕީއެސްޖީން އިހުތިރާމެއް ނުލިބުނު: ނޭމާ

6 ސެޕްޓެންބަރު 2023 - 16:21 0

ޕެރިސް (ސެޕްޓެމްބަރު 6) - އާޖެންޓީނާގެ ކެޕްޓަން މެސީއާ އެކު ޕީއެސްޖީގައި ކާމިޔާބު ހޯދޭނެ ކަމަށް އުއްމީދުކުރި ނަމަވެސް އެކަން ކާމިޔާބު ނުވުމުގައި އެ ކުލަބުން އެ ދެ ކުޅުންތެރިންނާ މެދު ކަންތައްކުރި ގޮތް ގޯސް ކަމަށް ބުނެ ބްރެޒިލްގެ ނޭމާ ޕީއެސްޖީ އަށް ފާޑުކިޔައިފި އެވެ.

ނޭމާ ޕީއެސްޖީއާ ގުޅޭގޮތުން ވާހަކަދައްކާފައިމިވަނީ ޕީއެސްޖީ ދޫކޮށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އަށް ސޮއިކުރުމަށް ފަހުގަ އެވެ. ސައުދީގެ މަހުޖަނުން ހިންގަމުން އަންނަ ކުލަބުން އަހަރެއްގެ މައްޗަށް ނޭމާ އަށް 300 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.

ޕީއެސްޖީގައި ހޭދަކުރި ދުވަސްތަކާ ގުޅޭގޮތުން ނޭމާ ބުނީ އޭނާ ޕީއެސްޖީއަށް ބަދަލުވީ ރަނގަޅު ކާމިޔާބީތަކެއް ހޯދަން އުއްމީދު ކޮށްގެން ކަމަށާއި، ނަމަވެސް އެކަން ކާމިޔާބި ކުރަން ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. އެ ގޮތުން، 2021 ގައި މެސީ، ޕީއެސްޖީ އަށް ބަދަލުވުމާ އެކު އިތުރު ހިތްވަރެއް ލައިގެން މަސައްކަތްކުރި ކަމަށާއި، ނަމަވެސް ޕީއެސްޖީ އިން އެކަށީގެންވާ ސަޕޯޓެއް ނުލިބުނު ކަމަށް ނޭމާ ބުނެފައިވެ އެވެ.

ނޭމާ ބުނީ ދެ ކުޅުންތެރިންނަށް ވެސް އެކަށީގެންވާ އިހުތިރާމެއް އެ ކުލަބުން ނުލިބުނު ކަމަށެވެ. އަދި އެ ކަން ކްލަަބަށް ވެސް ހިއްސާކޮށްފައިވާނެ ކަމަށް ނޭމާ ބުނެފައިވެ އެވެ.

"އަހަރުމެން ދެ މީހުން އެ ކުލަބަށް ބަދަލުވީ ކާމިޔާބު ހޯދަން، އެއްވެސް ކަމެއް ނުކޮށް ތިބޭކަށް ނޫން. އެކަމަކު ކުލަބުން އެއްބާރުލުމެއް ނުލިބުނު. އަހަރުމެން ދެ މީހުންވެސް އުޅުނީ ވަރަށް ހާލުގައި" ނޭމާ ބުންޏެވެ.

ޕީއެސްޖީ ދޫކޮށް އާޖެންޓީނާގެ ކެޕްޓަން މެސީ އެމެރިކާ ލީގަށް ބަދަލުވުމުން އެކަމާ ގުޅޭގޮތުން ވެސް ނޭމާ ވަނީ ވާހަކަދައްކައިފަ އެވެ.

ނޭމާ ބުނީ މެސީ ޕީއެސްޖީ ދޫކޮށްލުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށާއި، އާޖެންޓީނާއާ އެކު ވޯލްޑް ކަޕްގެ ތަށި ހޯދާފައި އެނބުރި ޕީއެސްޖީ އަށް އައުމުންވެސް މަންޒަރު ބަދަލުނުވާ ކަމަށެވެ. އެހެންކަމުން، މެސީ ހިތްހަމަޖެހޭ އަދި އުފާވެފައި ހުރެވޭ ކަހަލަ ކުލަބަކަށް އޭނާ ދިޔުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.

ޕީއެސްޖީ ދޫކޮށް މެސީ އާއި ނޭމާ އެނބުރި ބާސެލޯނާ އަށް ބަދަލުވެދާނެ ކަމަށްވެސް ވާހަކަދެކެވުނެވެ. ނަމަވެސް ދެ ކުޅުންތެރިން މިހާރު ވަނީ ޔޫރަޕްގެ ބައްރު ދޫކޮށް ދުނިޔޭގެ އެހެން ދެ ބައްރުގެ ދެ ޓީމަށް ބަދަލުވެފަ އެވެ.