Advertisement

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

6 ސެޕްޓެންބަރު 2023 - 12:33 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރަށް މަގާމުގެ ފަތްކޮޅު،ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ސޯލިހު އަރުއްވަނީ - ފޮޓޯ: ރައީސް އޮފީސް


އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި

6 ސެޕްޓެންބަރު 2023 - 12:33 0

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ރަސްމިއްޔާތަށް ފަހު، ސަފީރާއެކު ރައީސް ސޯލިހު ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކޮށް ސަފީރަކު ފުރަތަމަ ފަހަރަށް ރާއްޖެއަށް އައްޔަން ކުރުމަކީ ރާއްޖެއާއި އެމެރިކާގެ ގުޅުން ކުރިއަށް އޮތް ތަނުގައި ބަދަހިވާނެ ކަމުގެ ހެއްކެއް ކަމަށް، އެ ބައްދަލުވުމުގައި ރައީސް ސޯލިހު ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި އެމެރިކާގެ ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވިގެން ދިއުމަކީ، އޭގެ ސަބަބުން، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ މީހުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު ޔޮން ވަނީ އެމެރިކާގެ އެމްބަސީ ރާއްޖޭގައި ހުޅުވުމުގައި، ރައީސް ސޯލިހާއި ދިވެހި ސަރުކާރުން ދެއްވި އެއްބާރު ލެއްވުމަށް، ޝުކުރު އަދާކުރައްވައިފައެވެ. އަދި ތަފާތު ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1965 ވަނަ އަހަރުގައެވެ.