Advertisement

ޕްރިޒަން އޮފިސަރުންގެ ޔުުނީފޯމުގައި ރަސްމީކޮށް ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފި

5 ސެޕްޓެންބަރު 2023 - 12:27 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ޕްރިޒަންސް އޮފިސަރުން ޔުނީފޯމުގައި ބޮޑީ ކެމެރާ ހަރުކޮށްފައިި - ފޮޓޯ: ކަރެކްޝަންސް


ޕްރިޒަން އޮފިސަރުންގެ ޔުުނީފޯމުގައި ރަސްމީކޮށް ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފި

5 ސެޕްޓެންބަރު 2023 - 12:27 0

ޕްރިޒަން އޮފިސަރުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޔުނީފޯމުގައި ރަސްމީކޮށް ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އޮފިސަރުންގެ ޔުނިފޯމުތަކުގައި ބޮޑީވޯން ކެމެރާތައް ބޭނުންކުރަން ފެށުމުގެ ގޮތުން ޓްރައަލް ހިންގައި އޮފިސަރުންނަށް ބޭނުންވާ ތަމްރީނުތައް ދީ ނިމިފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ޖަލެއްގެ ފްރަންޓްލައިން އޮފިސަރުންގެ ޔުނީފޯމުގައި ދާއިމީކޮށް ބޮޑީވޯން ކެމެރާ ބޭނުންކުރަމުންގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކަރެކްޝަންސް އިން ބޭނުންކުރަން ފަށާފައިވަނީ އެކްސޮން ބްރޭންޑްގެ ކެމެރާއެވެ. އެ އިދާރާއިން މައުލޫމާތު ދޭގޮތުގައި މި ބޮޑީވޯން ކެމެރާތައް މެދުވެރިކޮށް ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ އެވެ.

އެގޮތުން, ޖަލު ތެރޭގައި ދިމާ ވެދާނެ ހާދިސާއެއް ތަހުގީގު ކުރަން ޖެހޭ ހާލަތުގައި، ކަރެކްޝަންސްގެ އެތެރެއިންނާއި ބޭރުން ތަހުގީގު ކުރާ ފަރާތްތަކަށް ވީޑީއޯ އަދި އޯޑިއޯ ރެކޯޑިން އޮތުމުން އެ މައްސަލަ ބެލުމަށް ފަސޭހަ ވެގެންދާނެ ކަމަށް ބުންޏެވެ. އަދި މި ކެމެރާތަކުން ރެކޯޑުކުރާ ވީޑިއޯ އެޑިޓް ނުކުރެވޭނެ ކަމަށާއި އޭގެ ސަބަބުން ތަހުގީގުތައް އެންމެ ފުރިހަމަޔަށް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަންސް އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށެވެ.

ޖަލު އޮފިސަރުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށިއިރު، ފުލުހުންގެ އަމަލުތައް ހުންނަ ގޮތް މޮނީޓަރު ކުރުމަށް ފުލުހުންގެ ޔުނީފޯމުގައި ވެސް ބޮޑީވޯން ކެމެރާ މިހާރު ހަރުކޮށްފައި ހުރެ އެވެ.