Advertisement

އެފްބީ އަދި އިންސްޓަގެ އެޑް-ފްރީ ވާޝަނެއް އަތުވެދާނެ

2 ސެޕްޓެންބަރު 2023 - 12:45 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފޮޓޯ: އަންސްޕޭޝް


އެފްބީ އަދި އިންސްޓަގެ އެޑް-ފްރީ ވާޝަނެއް އަތުވެދާނެ

2 ސެޕްޓެންބަރު 2023 - 12:45 0

ފޭސްބުކް އަދި އިންސްޓަގްރާމްގެ އިސްތިހާރު ނާރާ ވާޝަނެއް ނެރުމަށް މައި ކުންފުނި މެޓައިން ވިސްނަމުންދާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

"ދަ ނިއު ޔޯކް ޓައިމްސް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މެޓަ އިން ވިސްނާފައިވަނީ މަހު ފީއެއް ނުވަތަ ސަބްސްކްރިޕްޝަން އުސޫލުން ފައިސާ ދައްކާ ފަރާތްތަކަށް އެއްވެސް އިސްތިހާރެއް ނުފެންނަ ގޮތް ހެދުމަށެވެ. މިއީ މިވަގުތު ޔޫރަޕަށް ހާއްސަވާނެ ފީޗާއެއްކަމާއި މިކަމުގެ ސަބަބަކީ އެކުންފުނިން ޔޫޒަރުންގެ ޑޭޓާ ބޭނުންކުރާ ގޮތާމެދު ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ފާޅުކުރާ ކަންބޮޑުވުންކަމަސް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

މި ވާޝަން ނިކުންނާނެ ދުވަހެއް އަދި ފީއެއްގެ ނަގާނެ ގޮތުގެ މިންވަރެއް މިވަގުތު ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ވާޝަން އަންނާނެ ކަމުގެ އެއްވެސް އިޝާރާތެއް ވެސް މެޓަ އިން އަދި ދީފައެއް ނުވެ އެވެ.

މެޓައިން ޔޫޒަރުންގެ ޕްރައިވެސީގެ ހައްގު ނިގުޅާ ގަނެ އެ މައުލޫމާތު ނާޖާއިޒު ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކޮށް، އީޔޫ އަދި ޔޫރަޕްގެ ރެގިއުލޭޓަރުން ދަނީ އެކުންފުންޏަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން އަޔަލެންޑް އިން ވަނީ މެޓަ އިން ޔޫރަޕް ޔޫޒަރުންގެ ޑޭޓާ އެމެރިކާއަށް ޓްރާންސްފާ ކުރުމުން 1.3 ބިލިއަން ޑޮލަރުން އެކުންފުނި ޖޫރިމަނާ ވެސް ކޮށްފަ އެވެ.

މެޓަ އިން ވަނީ މިހާރު އީޔޫގަ ހިމެނޭ ގައުމުތަކުގެ ޔޫޒަރުންނަށް "ޓާގެޓެޑް އެޑްވަޓައިޒިން" އޮފް ކޮށްލެވޭ ފީޗާއެއް ތައާރަފުކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފީޗާ އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ލިބޭނެ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

މެޓައިން ދާދިފަހުން ނެރުނު ތްރެޑްސް އެޕްލިކޭޝަން ވެސް، އީޔޫ ގައުމުތަކަށް ލިބުން ފަސްވެފައިވަނީ ރެގިއުލޭޓަރީ ކަންބޮޑުވުންތަކުގެ ސަބަބުންނެވެ. އީޔޫ އިން ތައްޔާރުކުރާ "ޑިޖިޓަލް މާކެޓް އެކްޓް"ގެ ސަބަބުން މެޓަ ފަދަ، އިސްތިހާރަށް ބަރޯސާވެފައިވާ ކުންފުންޏަކަށް ބޮޑު ގެއްލުމެއް ވާނެ އެވެ.

މި އެކްޓްގެ ސަބަބުން ކުންފުނިތަކުގެ އަމިއްލަ ބޭނުމަށް އީޔޫ ޔޫޒަރުންގެ ޒާތީ މައުލޫމާތެއް ބޭނުމެއްނުކުރެވޭނެ އެވެ. މީގެ ތެރޭގައި ޔޫޒަރުންގެ ނަމާއި ލޮކޭޝަން ހިމެނެ އެވެ.