Advertisement

ފައްޔާޒުގެ ބޮޑު ތުހުމަތެއް: "މުއިއްޒަކީ ހައްދުފަހަނައެޅި ޖަމާއަތްތަކުގެ ކެންޑިޑޭޓް"

1 ސެޕްޓެންބަރު 2023 - 23:32 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ފައްޔާޒުގެ ބޮޑު ތުހުމަތެއް: "މުއިއްޒަކީ ހައްދުފަހަނައެޅި ޖަމާއަތްތަކުގެ ކެންޑިޑޭޓް"

1 ސެޕްޓެންބަރު 2023 - 23:32 0

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެންމެ ކައިރިން ވާދަކުރައްވާނެ ކަމަށް ބެލެވޭ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް، އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޭޓް، ރައީސް ސޯލިހަށް ތާއީދު ހޯދަން މާލޭ ކާނިވާ ސަރަހައްދުގައި އެޕާޓީން މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ މުއިއްޒަކީ ޕީއެންސީގެ ކެންޑިޑޭޓް ނޫން ކަމަށާއި އެއީ "ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ ކެންޑިޑޭޓް" ކަމަށެވެ. އެއީ ރާއްޖޭގައި އުފެދިފައިވާ ކުށުގެ ވިއުގަތަކާ ގުޅުފައިވާ ބޭފުޅެއް ކަމަށް ވެސް ފައްޔާޒު ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ވާދަކުރާ ކެންޑިޑޭޓަކީ ޕީއެންސީގެ ކެންޑިޑޭޓެއް ނޫން. އެއީ މިގައުމުގައި އުފެދިފައިވާ ހައްދުފަހަނައަޅާފައިވާ ޕާޓީތަކާއި އަދި ނުވިތާކަށް މި ގައުމުގައި އޮތް ކްރިމިނަލް ނެޓްވޯކްތަކާ ގުޅިފައި އޮތް ކެންޑިޑޭޓެއް،" ފައްޔާޒު ތުހުމަތުކުރެއްވި އެވެ.

އެއީ ދައްކަން ޖެހޭ ވާހަކައެެއް ކަމަށާއި އެ ފަދަ ކެންޑިޑޭޓަކަށް ޖާގަދޭން ނުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއާއި ރިޔާސީ އިންތިހާބަށް އެޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތައް ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި އެހެން ބައެއް ބޭފުޅުން ވެސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އޭގެ ތެރޭގައި ހިމެނެ އެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި މުއިއްޒަށް ވެރިކަން ލިބިވަޑައިގަތަސް ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަންކުރަން މަސައްކަތެއް ނުކުރައްވާނެ އެވެ.

މުއިއްޒަކީ އޭނާ މީގެ ކުރިން ހުންނެވި އެއްވެސް ޕާޓީއަކަށް އިހުލާސްތެރި ބޭފުޅެއް ނޫން ކަމަށާއި، އަބަދުވެސް އުޅުއްވީ މަގާމުތަކުގެ ދަހިވެތިކަމުގައި ކަމަށެވެ. އަދި މުއިއްޒުއަށް ވެރިކަން ލިބިއްޖެ ނަމަ ރައީސް ޔާމީން މިނިވަން ނުކުރާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.