Advertisement

ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާލަންޑާއި ބޮންމާޓީ އަށް

1 ސެޕްޓެންބަރު 2023 - 10:59 0


ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާލަންޑާއި ބޮންމާޓީ އަށް

1 ސެޕްޓެންބަރު 2023 - 10:59 0

ޒިއުރިކް (ސެޕްޓެމްބަރު 1) - ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑާއި ސްޕެއިނާ އެކު، ދާދިފަހުން ފީފާ ވިމެންސް ވޯލްޑް ކަޕް ކާމިޔާބު ކުރި އައިޓާނާ ބޮންމާޓީ ހޯދައިފި އެވެ.

މިދިޔަ ސީޒަނުގައި ހާލަންޑް ވަނީ ސިޓީން އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، 53 މެޗުން 52 ގޯލު ޖަަހައިފަ އެެވެ. ނޯވޭ ގައުމީ ޓީމުގެ އެއް ވަނަ ފޯވާޑް ހާލަންޑް ވަނީ ދާދި ފަހުން އިނގިރޭސި ފުޓްބޯޅަ ސީޒަނުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ޕީއެފްއޭ އެވޯޑް ވެސް ހޯދައިފަ އެވެ.

ހާލަންޑް، ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކެވިން ޑި ބްރޭނާ އާއި ލިއޮނަލް މެސީއާ ވާދަކޮށެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ބޮންމާޓީ، 25، އަކީ ސްޕެއިނުން ފުރަތަމަ ފަހަރަށް ވިމެންސް ވޯލްޑް ކަޕް ކާމިޔާބުުކުރިއިރު، ޓީމުގެ ނުފޫޒުގަދަ ކުޅުންތެރިއެކެވެ. މުހިންމު ވަގުތުތަކުގައި ޓީމަށް ނަތީޖާ ނެރެދޭން މޮޅުކުޅުމެއް ދައްކައިފައިވެ އެވެ.

ބޮންމާޓީއާ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރީ ސްޕެއިނުގެ އޯލްގާ ކަމޯނާ އާއި އޮސްޓްރޭލިއާ ގައުމީ ޓީމުގެ ކެޕްޓަން އަދި ޗެލްސީގެ ފޯވާޑް، ސޭމް ކާ އެވެ.

އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި އިންގްލެންޑްގެ އަންހެން ޓީމުގެ ކޯޗު ސަރީނާ ވައިގްމަން އަށެވެ.