Advertisement

އާބާދީ ބޮޑު ފަސް ރަށެއްގައި ޖުމްލަ 4،000 ފްލެޓް އަޅަން ހަވާލުކޮށްފި

31 އޮގަސްޓު 2023 - 20:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އާބާދީ ބޮޑު ފަސް ރަށެއްގައި ޖުމްލަ 4،000 ފްލެޓް އަޅަން ހަވާލުކޮށްފި

31 އޮގަސްޓު 2023 - 20:55 0

އާބާދީ ބޮޑު ފަސް ރަށެއްގައި ޖުމުލަ 4،000 ސޯޝަލް ހައުސިން ޔުނޓް އަޅަން އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓަޑްއާ ހަވާލުކޮށްފި އެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އުފެއްދި ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓަޑްއާއި ދެމެދު އެއްބަސްވުމުގެ ދަށުން އެންމެ ގިނަ ހައުސިން ޔުނިޓް އަޅާނީ ހދ. ކުޅުދުއްފުށި ސިޓީއާއި ލ. ގަމުގަ އެވެ. އެއީ އެއިން ކޮންމެ ރަށެއްގައި 1،000 ހައުސިން ޔުނިޓް އަޅާނެ އެވެ.

އައްޑޫ ސިޓީގައި 750 ހައުސިން ޔުނިޓް، ގްރޭޓާ މާލެ ސަރަހައްދުގައި 750 ހައުސިން ޔުނިޓް، އަދި މި ފަހުން ސިޓީއެއްގެ ދަރަޖަ ދީފައިވާ ގދ. ތިނަދޫގައި 500 ހައުސިން ޔުނިޓް އެ އެއްބަސްވުމުގެ ދަށުން އަޅާނެ އެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޓަކައި މިއަދު ރަސްމިއްޔާތެއްގަ އެވެ.

އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ކަރީމް ޖަމަލް އަބްދުއް-ސަލާމެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 249 މިލިއަން އެމެރިކާ ޑޮލަރެވެ. މިއެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ހައުންސިން ޔުނިޓްތައް ނިންމުމަށް ހަމަޖެހިފައިވަނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ ތިން އަހަރު ދުވަހުގެ ތެރޭގަ އެވެ.