Advertisement

ވެރިކަންކުރާ ރަށްތަކުގެ މެދުގައި ވެސް ކުރިން ތަފާތުކުރި، ނައިފަރަށް އޮތީ އިހުމާލުވެފައި: ރައީސް

31 އޮގަސްޓު 2023 - 18:04 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އެމްޑީޕީން ނައިފަރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ހަރަކާތްތެރިއަކާ ވާހަފުޅުދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ވެރިކަންކުރާ ރަށްތަކުގެ މެދުގައި ވެސް ކުރިން ތަފާތުކުރި، ނައިފަރަށް އޮތީ އިހުމާލުވެފައި: ރައީސް

31 އޮގަސްޓު 2023 - 18:04 0

އަތޮޅުވެރިކަން ކުރާ ރަށްތަކުގެ މެދުގައި ވެސް ކުރީގެ ސަރުކާރުތަކުން ތަފާތުކޮށްފައިވާ ކަމަށާއި ޅ.އަތޮޅުގެ ވެރިރަށް ނައިފަރުން އެ ތަފާތު ފެންނަ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްާޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން ޅ. ނައިފަރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު މިހައިތަނަށް ވަަޑައިގެންނެވި ބައެއް އަތޮޅުވެރި ރަށްރަށުގައި ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ނައިފަރަށް އެ ބަދަލު އައިސްފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވެރިކަންކުރާ ރަށްތަކުގެ މެދުގައި ވެސް ގެންގުޅެފައި ހުރި ތަފާތުތައް މިހިރީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މި ދައުރުގައި ކޮންމެވެސް މަސައްކަތްތަކެއް ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްގެ އިދާރާއަށް މި ސަރުކާރުން އާ އިމާރާތެއް އެޅި ފުރަތަމަ ރަށަކި ނައިފަރެވެ.

މަޝްރޫއުތައް ހިންގަނީ ސިޔާސީ ފިކުރަކަށް ބަލައިގެން ނޫން ކަމަށް ވިދާޅުވެ، އޭގެ މިސާލަކަށް ވެސް އެމަނިކުފާނު ދެއްކެވީ ނަައިފަރެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރަކީ ޕީޕީއެމްގެ ބޭފުޅެކެވެ. އެރަށު ކައުންސިލްގެ މެޖޯރިޓީ އޮތީ ވެސް އެޕާޓީއަށެވެ.

"އެހެން ނަމަވެސް ތަފާތުކުރުމެއް ނެތި އަޅުގަނޑު މި ދެންނެވި ތަރައްގީގެ މަޝްރޫއުތައް އައިސްފައި ހުރިކަން، ގެންނަކަން، ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް ސާފުކޮށް، ރާއްޖޭގެ ކޮންމެ ރަށަކުން ފެނިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ގެންގުޅުއްވާނީ އެ ސިޔާސަތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.