Advertisement

ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައިގެ އާމްދަނީ އެއް ބިލިއަން ޑޮލަރާއި ގާތަށް

1 ސެޕްޓެންބަރު 2023 - 06:14 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

އޯޕަންއޭއައި އިން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ


ޗެޓްޖީޕީޓީ އުފެއްދި އޯޕެންއޭއައިގެ އާމްދަނީ އެއް ބިލިއަން ޑޮލަރާއި ގާތަށް

1 ސެޕްޓެންބަރު 2023 - 06:14 0

މަގުބޫލު އޭއައި ޗެޓްބޮޓް ޗެޓްޖީޕީޓީ އުފެއްދި ކުންފުނި އޯޕެންއޭއައިގެ އަހަރީ އާމްދަނީ އެއްބިލިއަން ޑޮލަރާއި ގާތްވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މިހާރުވެސް 30 ބިލިއަން ޑޮލަރުގެ ވިޔަފާރިއެއްގެ ގޮތުގައި އަގުކުރެވިފައިވާ އޯޕެންއޭއައި ކުންފުނީގެ މި ކާމިޔާބީއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި ޗެޓްޖީޕީޓީ އެވެ.

މިކަމުގެ ސަބަބުން އޯޕަންއޭއައި އަށް ވަނީ ޖެނެރޭޓިވް އޭއައިގެ ލީޑަރުގެ ދަރަޖަ ލިބިފަ އެވެ. ޗެޓްޖީޕީގެ "އިންސާނީ" ޖަވާބުތަކާއި ކޯޑިންއަށް ލިބޭ އެހީތެރިކަމާއި އާންމު މައުލޫމާތުގެ މުއްސަދިކަމުން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެވެ.

އޯޕަންއޭއައިގެ ސްޓްރެޓެޖީއަކަށްވެފައި ވަނީ ޗެޓްޖީޕީޓީގެ ބޭނުންތެރިކަން ކެޕިޓަލައިޒްކޮށް، އޭއައި ކެޕޭސިޓީތައް ދަމަހައްޓަން ބޭނުންވާ ބޮޑު ކޮމްޕިއުޓޭޝަނަލް ޕަވާ އާއި ހަރަދުތަކަށް ފައިސާ ހޯދުމެވެ. އެގޮތުން އާމްދަނީ ހޯދުމަށްޓަކައި އެކުންފުނިން ވަނީ ޕްރީމިއަމް ސަބްސްކްރިޕްޝަންތަކާއި ވިޔަފާރިތަކަށް ހިދުމަތްދޭ ޕޭޑް އެޕްލިކޭޝަން ޕްރޮގްރާމިން އިންޓަފޭސް (އޭޕީއައި) ފަދަ ހިދުމަތްތައް ތައާރަފުކޮށްފަ އެވެ.

އަދި ދާދި ފަހުން ވަނީ ޗެޓްޖީޕީޓީ އެންޓަޕްރައިސް ވެސް ތައާރަފްކޮށްފަ އެވެ. މިއީ ކޯޕަރޭޓް ބޭނުންތަކަށް ތައްޔާރުކޮށްފައިވާ ޗެޓްބޮޓްގެ އައު ވާޝަންއެކެވެ. އިތުރު ފީޗާސްތަކާއި ޕްރައިވެސީއަށް ހާއްސަ ފިޔަވަޅުތަކެއް އެޅިފައިވާ މި ވާޝަންގެ މަގުސަދަކީ ވިޔަފާރިތައް މެދުވެރިކޮށް އިތުރު އާމްދަނީ ހޯދުމެވެ.

މައިކްރޮސޮފްޓުން އޮޕަންއޭއައި އެކުންފުނީގެ ދަށަށް ގެނައުމުގެ ސަބަބުން އޯޕެންއޭއައިގެ ކުރިއެރުމަށް އިތުރު ބާރެއް ވަނީ ލިބިފަ އެވެ. އެތެރޭގެ ރިޕޯޓްތައް ދައްކާ ގޮތުގައި އޯޕަންއޭއައި އިން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަ އެވެ.

މިދިޔަ ނޮވެމްބަރު މަހު ތައާރަފްކުރި ޗެޓްޖީޕީޓީ ވެފައިވަނީ އެންމެ ކުރު މުއްދަތެއް ތެރޭ 100 މިލިއަން ޔޫޒަރުން ހަމަކުރި ޕްލެޓްފޯމަށް ވެގެން ގޮއްސަ އެވެ. މި ޓެކްނޮލޮޖީގެ ބާރު ފެނި، ޓެކްގެ ބޮޑެތި ކުންފުނި ތަކުން ވެސް ވަނީ ވީ އެންމެ އަވަހަކަށް އަމިއްލަ މިފަދަ ޕްލެޓްފޯމެއް ތައާރަފުކުރެވޭނެ ގޮތްތައް ހޯދަން ފަށައިފަ އެވެ.