Advertisement

ރައީސް ސޯލިހުގެ ފަހަތުން މުއިއްޒު: ވައުދުވީ ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރާއި ސްކޫލުތައް ވެސް ބަންދުކުރަން

30 އޮގަސްޓު 2023 - 22:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރައީސް ސޯލިހުގެ ފަހަތުން މުއިއްޒު: ވައުދުވީ ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރާއި ސްކޫލުތައް ވެސް ބަންދުކުރަން

30 އޮގަސްޓު 2023 - 22:44 0

ޕީއެންސީގެ ވެރިކަމެއްގައި ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު އަދި ސްކޫލުތަކުގެ ގިނަ ގްރޭޑުތަކަށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ބަދަލާއެކު ބައެއް އަހަރުތަކުގައި ފަހު ދިހައިގެ ބަންދާއި އީދު ބަންދާއެކު ޖުމުލަ ފަނަރަ ވަރަކަށް ދުވަސް ބަންދުގެ ގޮތުގައި ދާނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވަނީ ރޯދަ މަހުގެ ފަހު 10 ދުވަހު ގޭގައި ތިބެ ވަޒީފާ ހަދާ ކުރުމުގެ އުސޫލެއް ކަނޑައެޅުއްވުމަށެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވަނީ "ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަޝްއޫލުވެގެންއުޅޭ ދުވަސްވަރުކަމަށްވާތީއާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، މި ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' މޮޑަލިޓީއިން މަސައްކަތްކުރާގޮތަށް ކަނޑައަޅާނެ،" ކަމަށެވެ.

މުއިއްޒުގެ ވައުދު މުޅިން ތަފާތެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑު ގަސްތުކުރަނީ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ އެއްކޮށް ސަރުކާރު ބަންދު 10 ދުވަސް ކަމުގައި ކަނޑައަޅަން، އޭރުން ރައްޔިތުންނަށް ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވޭނެ،" ރައީސް ސޯލިހުގެ ވައުދަށް ވުރެ މޮޅުކޮށްލުމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ.

އެ ބަދަލާއެކު އުމްރާއަށް ދާ ފަރާތްތަކަށްވެސް ގިނަ ޗުއްޓީތަކާމެދު ނުވިސްނާ އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްކޫލްތަކުގެ ގްރޭޑު އަށަކުން ދަށުގެ ހުރިހާ ކުދިންނަށްވެސް އެ 10 ދުވަސް ބަންދުކޮށްދެއްވާނެ ކަމަށްވެސް މާލޭ މޭޔަރުގެ ގޮތުގައި ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

އޭދަފުށީގައި ހުންނަވާ އެ ރަށަށް ކޮށްދެއްވާނެ ކަންކަމުގެ ތެރެއިން މުއިއްޒު އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އިންވެގެން އޮތް މާއްޑޫ އެ ރަށުގެ އިހުތިސާސުގެ ތެރޭގައި ހިމަނުއްވައި، އޭދަފުށީ ރައްޔިތުންނަށް ނަފާ ހޯދޭނެ ގޮތް ހެދުމެވެ