Advertisement

ފަށްކަނޑަން ކައިވެނިކުރި ދެ މީހަކު ޖޫރިމަނާކޮށްފި

30 އޮގަސްޓު 2023 - 10:07 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކައިވެނި ހަފުލާއެއްގެ ފޮޓޯއެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފަށްކަނޑަން ކައިވެނިކުރި ދެ މީހަކު ޖޫރިމަނާކޮށްފި

30 އޮގަސްޓު 2023 - 10:07 1

ކައިވެނި ކުރީ ފަށްކަނޑަން ކަން ފަޅާއެރުމުން ފެމިލީ ކޯޓުން ދެ މީހަކު 5،000 ރ. އިން ޖޫރިމަނާކޮށްފި އެވެ.

ފެމިލީ ކޯޓުން ބުނީ ކައިވެނީގެ އަގުދުވުމުގެ ކުރިންނާއި އޭގެ ފަހުން ދެ މީހުން އަމަލުކުރި ގޮތާއި، ކައިވެނީގައި ހޭދަކޮށްފައިވާ ވަގުތަށާއި ވަރިކުރި ކަމަށް ބުނާ ސަބަބަށް ބަލާއިރު، ކައިވެނި ކުރީ ފަށްކަނޑަންކަން އެނގޭ ކަމަށެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގައިވާ ގޮތުން، ތިންފަށްވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި މީހަކު ބުނެގެން ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކައި މީހަކާ އިނުމަކީ ކުށެކެވެ.

އެ ކުށުގެ އަދަބަކީ 5،000 ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެ މައްސަލާގައި ކޯޓުން ނިންމީ ދެ މީހުން ވެސް 5،000 ރ. އިން ޖޫރިމަނާކުރުމެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ފެމިލީ ކޯޓުން މީހުން ޖޫރިމަނާކޮށްފައި އެބަ ހުއްޓެވެ.