Advertisement

ކްލައުޑް-ބޭސްޑް ޑިޖިޓަލް ސާވިސް ތަރައްގީކުރަން އެމެރިކާއިން 895،000 ޑޮލަރުގެ އެހީއެއް ދީފި

29 އޮގަސްޓު 2023 - 11:32 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކްލައުޑް-ބޭސްޑް ޑިޖިޓަލް ސާވިސް ތަރައްގީކުރަން އެމެރިކާއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: މިނިސްޓްރީ


ކްލައުޑް-ބޭސްޑް ޑިޖިޓަލް ސާވިސް ތަރައްގީކުރަން އެމެރިކާއިން 895،000 ޑޮލަރުގެ އެހީއެއް ދީފި

29 އޮގަސްޓު 2023 - 11:32 0

ސަރުކާރުގެ ޑޭޓާމސެންޓަރުތަކާއި އެހެނިހެން ކްރިޓިކަލް ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ، ކްލައުޑް ބޭސްޑް ގަވަމެންޓް ޑިޖިޓަލް ސާވިސަސް (ޖީޑީއެސް) ޕްލެޓްފޯމަށް ބަދަލުކޮށް، ތަރައްގީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެމެރިކާގެ ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އޭޖެންސީ (ޔޫއެސްޓީޑީއޭ) އެންވަޔަރަންމަންޓް މިނިސްޓްރީން ގްރާންޓް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ޔޫއެސްޓީޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިއުގޯ ޔޮން އެވެ. އެންވަޔަރަންމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރީ، އެންވަޔަރަންމެންޓް މިނިސްޓަރު އައިމިނަތް ޝައުނާ އެވެ.

އެ އެއްބަސަވުމުގެ ދަށުން އެމެރިކާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި މި މަޝްރޫއުއަށް 895،000 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ ކްލައުޑް ގަވަމެންޓް ޑިޖިޓަލް ސާވިސަސް ޕްލެޓްފޯމެއްގެ ސަބަބުން، ޑެޓާ މެނޭޖްކުރުމަށާއި ސެކިއުރިޓީ ބެލެހެއްޓުމަށް ޕަބްލިކް ސެކްޓާގެ ކެޕޭސިޓީ އިތުރުވެ، ހަރަދުތައް ކުޑަވާނެ ކަމަށެވެ.

އަދި ކާރިސާތަކުގައި އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވި، ކްލައުޑް ކޮމްޕިއުޓިން ސިސްޓަމްތަކާއި އޯޕެން ޑާޓާ ޕްލެޓްފޯމްތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން "ޑޭޓާ ޑްރިވަން" ނިންމުންތަކެއް ނިންމޭނެކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، އައިސީޓީ ދާއިރާ ތަރައްގީކޮށް ރާއްޖޭގެ ރަށްތައް ޑިޖިޓަލީ ކްނެކްޓް ކުރުމަކީ ރާއްޖޭގެ ތަރައްގީއަށް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ސަބަބުން އެކަމަށް މަގުފަހިވެގެންދާނެ ކަން ފާހަގަކުރެއްވި އެވެ.

"މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ގައުމީ ކްލައުޑް ގާއިމްކޮށް، ރައްކާތެރި އަދި ހަރުދަނާ ޕަބްލިކް އިންފްރާސްޓްރަކްޗަރާއެކު ސަރުކާރުގެ ޑިޖިޓަލް ހިދުމަތް ގާއިމްކުރުމަށް މަގުފަހުވެގެން ދާނެ. އަދި ދުނިޔޭގަ މި ހިދުމަތް ދޭ ފަރާތްތަކާއި ރާއްޖެއާއި ގުޅި، ރާއްޖޭގެ ޑިޖިޓަލް ތަރައްގީގެ މަސައްކަތް ހަލުވިވެގެން ދާނެ،" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

މި ހިލޭ އެހީއާއިއެކު ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމާއި ދާއިރާގެ ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ޑޭޓާ ކްލެސިފިކޭން އަދި ޑޭޓާ ބޭނުންކުނުންކުރެވޭނެ ގޮތްތަކުގެ ސްޓޭންޑަޑްއް އެކުލަވާލެވޭނެ އެވެ.

މީގެ އިތުރުން ޑޭޓާ ސެންޓަރާއި ޕްލެޓްފޯމް އާކިޓެކްޗާ ޑިޒައިންތައް ފޯރުކޮށްދީ، ކެޕޭސިޓީ ބިލްޑިން ސްޓްރެޓެޖިއެއް އެކުލަވާލުމުގެ އިތުރުން، މި ދާއިރާގެ މަޝްރޫއުތަކަށް ފައިނޭންސްކޮށް ތަންފީޒު ކުރުމަށް ބޭނުންވާ ޑޭޓާ އާއި އެނާލިސިސް ތައްޔާރުކުރުމަށް ވެސް މި ގްރާންޓުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.