Advertisement

މާލޭ ވޭސްޓު ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

28 އޮގަސްޓު 2023 - 21:45 0

މާލޭ ވޭސްޓް ޓްރާންސްފަ ސްޓޭޝަން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މާލޭ ވޭސްޓު ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

28 އޮގަސްޓު 2023 - 21:45 0

މާލެ ސަރަހައްދުން ތިލަފުއްޓަށް ކުނި ގެންދިޔުމަށްޓަކައި އިންޑަސްޓްރިއަލް ޒޯނުގައި ގާއިމުކުރި މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މިރޭ ހުޅުވައި ބޭނުންކުރަން ފަށައިފި އެވެ.

މާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން، ވަގުތީކޮށް ބަހައްޓާ ތަނެއްގެ ގޮތުގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުކުރަން ސަރުކާރުން ނިންމީ ޖޫން، 2021، ގަ އެވެ. އަމަލީ މަސައްކަތް 2022 ވަނަ އަހަރު ފެށުމަށް ފަހު ނިންމާލީ 14 މަސް ދުވަހުންނެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔައީ ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑް، ޖަޕާން ފަންޑު ފޯ ޕްރޮސްޕަރަސް އެންޑް ރެޒިލިއެންޓް އޭޝިއާ އަދި އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީތެރިކަމާއެކު އެވެ.

ގާތްގަނޑަކަށް 12 މިލިއަން ޑޮލަރު (183 މިލިއަން ރުފިޔާ) ހަރަދުކޮށްްގެން ހެދި ވޭސްޓު ޓްރާންސްފާ ސްޓޭޝަން ހެދީ ޗައިނާ މަސައްކަތް ކުރިއަށް ގެންދިޔައީ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑު އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިންނެވެ


ހަތް ފަންގިފިލާގެ މި އިމާރާތުގެ ތިން ފަންގިފިލާގެ ހާއްސަކޮށްފައި ވަނީ ކުނި ޓްރާންސްފާ ކުރުމުގެ އޮޕަރޭޝަނަށެވެ. އޭގެ އިތުރުން ވެމްކޯ އާއި އެންވަޔަރަމަންޓު މިނިސްޓަރީގެ ކުންޏާ ބެހޭ ޑިޕާޓުމެންޓު އަދި އެންވަޔަރަމަންޓު ޕްރޮޓެކްޝަން އޭޖެންސީގެ އިދާރީ މަސައްކަތްތަކަށް ޖާގަ ދީފައިވެ އެވެ.

މާލޭ ސިޓީ ސަރަހައްދުގައި އުފެދޭ ކުނި ސްޓޭޝަނަށް ޖަމާކޮށް، ތިލަފުއްޓަށް އުފުލާނީ ކޮންޓެއިނަރުތަކުގަ އެވެ. އެހެންވެ، ޒަމާނުއްސުރެ ބާޖުގައި ކުނި ލޮރީތައް އުފުލުން ނިމުމަކަށް އަންނާނެ އެވެ. ކޮންޓޭނަރުތަކަށް ކުނި އަޅާނީ ކުނި ވަކިކުރުމަށް ފަހު އެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ ކުނި މެނޭޖުކުރަން އިންގިލާބީ ބަދަލެއް ގެނައުމުގެ އިތުރުން، ކ، އއ، އދ އަދި ވ. އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖުކުރާނެ ސެންޓަރުތައް ހަދާނެ އެވެ.