27 އޮގަސްޓު 2023 - 10:30 0
27 އޮގަސްޓު 2023 - 10:30 0
މިލާން (އޮގަސްޓް 27) - އިޓާލިއަން ލީގުގައި ރޭ ޓޮރީނޯ އަތުން 4-1 އިން އޭސީ މިލާން މޮޅުވިއިރު، ހެޔަސް ވެރޯންޔާ އަތުން އޭއެސް ރޯމާ 2-1 އިން ބަލިވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ރޭ ޓޮރީނޯ އަތުން މިލާން މޮޅުވިއިރު، އެ ޓީމުގެ ތަޖުރިބާކާރު ފޯވަޑް އޮލިވިއޭ ޖިރޫ ވަނީ ދެ ލަނޑު ޖަހައިފައެވެ. މި ދެ ލަނޑު ވެސް ޖިރޫ ކާމިޔާބުކުރީ މިލާނަށް ލިބުނު ދެ ޕެނަލްޓީންނެވެ. މިލާނަށް ދެން ލަނޑު ޖަހައިދިނީ ތެއޯ ހޭނާންޑޭޒް އާއި ޗެލްސީން މި ސީޒަންގައި އެ ޓީމަށް ބަދަލުވި ފޯވަޑް ކްރިސްޓިއަން ޕުލިސިޗް އެވެ.
މި ސީޒަންގެ އިޓާލިއަން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެ، މިލާން ތާވަލްގެ އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާއެކު އެވެ.
އަމިއްލަ ދަނޑުގައި ރޯމާ އަތުން ހެޔަސް ވެރޯންޔާ މޮޮޅުވީ އޮންޑްރެޖް ޑޫޑާ އާއި ސައިރިލް އެންގޯނޭ ޖެހި ލަނޑުތަކުންނެވެ. މި ސީޒަންގެ އިޓާލިއަން ލީގުގައި މިހާތަނަށް ދެ މެޗު ކުޅުނުއިރު، ރޯމާ އަދި މެޗަކުން މޮޅެއްނުވެ އެވެ. މިއީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް އޮތް ބޮލުގެ ރިހުމެކެވެ.
Comment