Advertisement

އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓުތަކާއެކު އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ޝައުނާ

25 އޮގަސްޓު 2023 - 07:56 1

ރައީސް ސޯލިހުގެ އިގުތިސޯދީ ސިޔާސަތު ހުށަހެޅުމަށް ޝައުނާ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓުތަކާއެކު އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ޝައުނާ

25 އޮގަސްޓު 2023 - 07:56 1

ސަރުކާރުން މިހާރު ކުރިއަށް ގެންދާ އަވިން ހަކަތަ އުފެއްދުމަށް ހިންގާ ޕްރޮޖެކްޓުތަކާއެކު ކުރިއަށް އޮތް އަހަރު ތެރޭގައި 121 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ ކަމަށާއި އެއީ ދައުލަތުގެ ބަޖެޓުން ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމެއް ކަމަށް، އެންވަޔަރަމެންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިގުތިސޯދީ މެނިފެސްޓޯ ތައާރަފުކޮށް ދެއްވަމުން ޝައުނާ ރޭ ވިދާޅުވީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 ޕަސެންޓް، ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ ހަރަދު ކުރަނީ ތެޔޮ އެތެރެކުރުމަށް ކަމަށެވެ.

"މިކަންކަން އަޅުގަނޑުމެން ހުއްޓުވުމަށް މުހިންމު ސިޔާސަތުތަކެއް މި ދައުރުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ކުރެވިއްޖެ. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އެންމެ 16 މެގްވޮޓްގެ ރިނިއުވަބަލް އެނަޖީ ރާއްޖޭގައި ގާއިމު ކުރެވިފައިވަނީ. މި ސަރުކާރުން މުޅި ރާއްޖޭގައި 53 މެގަވޮޓްގެ ރިނޮވެބަލް އަނާޖީ ސިސްޓަމް މުޅި ރާއްޖޭގައި ވަނީ ގާއިމު ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

އިގުތިސޯދީ ބަދަލު ގެންނަން ރާވާފައިވަނީ ތިމާވެށި ހިމާޔަތް ކުރެވޭ ގޮތަށް ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ. ނަމަވެސް ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ކުނީގެ މައްސަލަ ހައްލުކުރަން ދެ ވަނަ ދައުރެއްގައި ރަށްރަށުގައި ޒަމާނީ ކުނިކޮށި ގާއިމުކޮށް، ވެހިކަލާއި މެޝިނަރީ ހޯދައި ކޮންމެ ރަށަކުން ކުނި ބޭރުކުރެވޭނެ ނިޒާމު ގާއިމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގައި ތަންފީޒު ކުރެވުނު އެންމެ ކާމިޔާބު އެއް ސިޔާސަތަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުން ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ބައެއް ސިޔާސަތުތައް

  • ގޭބިސީތަކުގައި އަވިހަކަތައިގެ ނިޒާމު ބޭނުންކުރުމަށްޓަކައި އެތަކެތި ފަސޭހައިން ބާޒާރުން ލިބެން ހުންނާނެ މަގުފަހިކުރާނެ.
  • ގޭބިސީތަކުގައި އަވިހަކަތައިގެ ނިޒާމު ގާއިމުކުރުމަށް ބާރުއެޅުމުގެ ގޮތުން ބޭނުންވާ ތަކެއްޗާއި މާލީ އެހީ ލިބޭނެ ލުއިފަސޭހަ ނިޒާމެއް ގާއިމުކުރާނެ.
  • އިއާދަކުރަނިވި ހަކަތަ ރާއްޖޭގައި އުފެއްދުން އިތުރުކުރުމަށާއި، ޕްރައިވެޓް ސެކްޓާގެ ހިއްސާ އިތުރުކުރުމަށް ރަށްރަށުގެ ނެޓްވޯކް އަޕްގްރޭޑްކޮށް ބެޓްރީ ސިސްޓަމް ގާއިމުކުރާނެ.
  • އެއްފަޅެއްގައި ގުޅާލެވޭ ގޮތަށް ހުރި ރަށްތައް އެއް ކަރަންޓު ވިއުގައަކުން ގުޅާލާނެ.
  • އިއާދަކުރަނިވި ހަކަތައިގެ އާ ޓެކްނޮލޮޖީ ޓެސްޓުކޮށް ތައާރަފްކުރާނެ.
  • ޕްލާސްޓިކް ފުޅީގައި ފެން ބޭނުންކުރުން މަދުކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގާނެ.
  • މުޅި ރާއްޖޭގައި ހާމައަށް ކުނި އެންދުން ހުއްޓާލާނެ.
  • ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރާ ސަރަހައްދީ މަރުކަޒުތަކަށް ކުނި ގެންގޮސް މެނޭޖްކުރާނެ.
  • ޕްލާސްޓިކް ފޭޒްއައުޓް ޕްލޭންގެ ދެވަނަ މަރުހަލާ އެކުލަވާލައި ތަންފީޒުކުރާނެ.