Advertisement

ވާގްނާ ގްރޫޕުގެ ވެރިޔާ މަރުވި ހާދިސާއާ ގުޅިގެން ޕުޓިންގެ "ތައުޒިޔާ"

25 އޮގަސްޓު 2023 - 05:45 0

ޕުޓިން އާއި ޕްރިގޯޝިން


ވާގްނާ ގްރޫޕުގެ ވެރިޔާ މަރުވި ހާދިސާއާ ގުޅިގެން ޕުޓިންގެ "ތައުޒިޔާ"

25 އޮގަސްޓު 2023 - 05:45 0

ރަޝިއާގެ ކުލީ ސިފައިންގެ ގްރޫޕް ވާގްނާގެ ވެރިޔާ ޔެވްގެނީ ޕްރިގޯޝިންގެ މަރުވި ޖެޓް ވެއްޓުނު ހާދިސާއާ ގުޅިގެން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން "ތައުޒިޔާ" ވިދާޅުވެއްޖެ އެވެ.

ވެރިރަށް މޮސްކޯއިން ސެއިންޓް ޕީޓާޒްބާގަށް ދަތުރު ކުރަމުން ދިޔަ އެ ޖެޓުގައި ހަތް ޕަސެންޖަރުންނާއި ތިން ކްރޫ މެމްބަރުން ތިއްބެވެ. އެ ބޯޓަށް ބަޑި ޖަހައި ވައްޓާލީ މޮސްކޯގެ އުތުރުން ޓްވެރް ސަރަހައްދުންނެވެ.

ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ފަހު ޕުޓިން ވިދާޅުވީ ޕްރިގޯޝިން ދެނެވަޑައިގަންނަވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އޭނާއަކީ "ހުނަރުވެރިއެއް" ކަމަށާއި ނަމަވެސް ބޮޑެތި "ގޯސްތަކެއް" އޭނާ އަށް ހެދިފައިވާ ކަމަށް ޕުޓިން ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު ރަޝިއާގެ ސިފައިންނާ ދެކޮޅަށް ބަގާވާތް ހިންގަން އުމުރުން 62 އަހަރުގެ ޕްރިގޯޝިން މަސައްކަތް ކުރި އެވެ. އެކަމަކު އެންމެ ފަހު ވަގުތު އަމާންދިނެވެ.