Advertisement

އަލް އިއްތިހާދުގެ ހުށަހެޅުމަށް ސަލާހުގެ ޝައުގުވެރިކަމެއް ނެތް

25 އޮގަސްޓު 2023 - 09:10 0


އަލް އިއްތިހާދުގެ ހުށަހެޅުމަށް ސަލާހުގެ ޝައުގުވެރިކަމެއް ނެތް

25 އޮގަސްޓު 2023 - 09:10 0

ލިވަޕޫލް، (އޮގަސްޓް 25) - ސައުދީ ލީގުން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު އަށް ބޮޑު ހުށަހެޅުމެއް ލިބުނު ނަމަވެސް، ލިވަޕޫލް ދޫކޮށްލަން އޭނާ ބޭނުންނުވާ ކަމަށް އޭނާގެ އޭޖެންޓް ބުނެފި އެވެ.

ސަލާހު 31، ލިވަޕޫލް ދޫކޮށްލަން މިދިޔަ ސީޒަންގައި މަސައްކަތްކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. ނަމަވެސް ފަހު ވަގުތު އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ތިން އަހަރަށް އިތުރުކޮށްފަ އެވެ.

ސައުދީ ލީގަށް ޕްރިމިއާ ލީގުގެ ގިނަ ކުޅުންތެރިންތަކެއް ބޮޑެތި މުސާރަތަކުގައި ބަދަލުވަމުން އަންނަ ދަނޑިވަޅެއްގައި ލިވަޕޫލްގެ ސަލާހުއަށްވެސް ވަނީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުން ފުރުސަތެއް ލިބިފަ އެވެ.

ބެލޮންޑޯ އެވޯޑު އެންމެ ފަހުން ހޯދި ކަރިމް ބެންޒެމާ ކުޅެމުން އަންނަ އެކުލަބުން އަންނަނީ ސަލާހު އަށް ރެކޯޑު މުސާރައެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

މިކަމާ ގުޅޭގޮތުން ސަލާހުގެ އޭޖެންޓު ރަމީ އައްބާސް ވަނީ ލިވަޕޫލް ދޫކޮށްލުމުގެ ވިސްނުމެއް މިވަގުތު ސަލާހުގެ ނެތްކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. އޭނާ ބުނީ ލިވަޕޫލް ދޫކޮށްލަން ސަލާހު ބޭނުންވާނަމަ މިދިޔަ ސީޒަންގައި އޭނާ އާ ކޮންޓްރެކްޓްގައި ސޮއިނުކުރީސް ކަމަށެވެ.

"ލިވަޕޫލުގައި ސަލާހު ހުރީ ހިތްހަމަޖެހިގެން. އޭނާ ހުރީ ލިވަޕޫލާއިއެކު. އެކުލަބު ދޫކޮށްލުމުވެސް ވިސްނުމެއް ސަލާހުގެ ނެތް"

ޓޮޓެންހަމްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯސް ކޯޗުކޮށްދެމުން އަންނަ އަލް އިއްތިހާދުން ވަނީ މިހާތަނަށް ބެންޒެމާގެ އިތުރުން ޗެލްސީގެ ކުރީގެ މިޑްފިލްޑަރު އެންގޯލޯ ކާންޓޭ އާއި ލިވަޕޫލްގެ ފަބީނިއޯ އެކުލަބަށް ގެނެސްފަ އެވެ. ޖެނުއަރީ ހަތެއްގައި ޓްރާންސްފާ ދޮރު ބަންދުވުމުގެ ކުރިން އެކުލަބުން އިތުރު ފޯވާޑެއް ގަންނާނެކަމަށް ބެލެވެ އެވެ.

މިހާރު ހިނގަމުންދާ ޓްރާންސްފާގައި ލިވަޕޫލުންވެސް ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި އަލް އިއްތިހާދަށް ބަދަލުވި ފަބީނިއޯ އާއި ކެޕްޓަން ފަބީނިއޯ އާއި ނަބީ ކެއިޓާގެ އިތުރުން އެލެކްސް އޮކްސްލޭޑް ޗެމްބަލައިން އަދި ޖޭމްސް މިލްނާ ހިމެނެ އެވެ.