Advertisement

ބެންކޮކް އެއާވޭސް އިން އަންނަ މަހު ރާއްޖެއަށް ދަތުރުފަށަނީ

23 އޮގަސްޓު 2023 - 15:34 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ބެންކޮކް އެއާވޭސްގެ ފްލައިޓެއް. ސެޕްޓެމްބަރުން ފެށިގެން ތައިލޭންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ފަށަން އެއާލައިނުން ވަނީ ނިންމާފައި


ބެންކޮކް އެއާވޭސް އިން އަންނަ މަހު ރާއްޖެއަށް ދަތުރުފަށަނީ

23 އޮގަސްޓު 2023 - 15:34 0

ތައިލެންޑްގެ ރީޖަނަލް އެއާލައިނެއް ކަމަށްވާ ބެންކޮކް އެއާވޭސްއިން ރާއްޖެއަށް އަނެއްކާވެސް ދަތުރުފަށަން ނިންމައިފި އެވެ.

ބެންކޮކް އެއާވޭސް އަކީ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރުކުރާ އެއާލައިނެކެވެ. އެގޮތުން މި އެއާލައިނުގެ ދަތުރުތައް މިދިޔަ އަހަރު ވެސް ބާއްވާފައިވާއިރު އެ ދަތުރުތައް ހުއްޓާލީ މި އަހަރުގެ މެއި 21, ގަ އެވެ. ދަތުރުތައް ހުއްޓާލުމުގެ ކުރިން ފަސިންޖަރުންނަށް އަދި ޓްރެވަލް އެޖެންޓުންނަށް ވެސް އެކަން އަންގާފައެއް ނުވެ އެވެ.

ބެންކޮކް އެއާވޭސް އިން އަލުން ރާއްޖެއަށް ދަތުރުފެށުމާ ގުޅޭގޮތުން އެ ކުންފުނީގެ ފޭސްބުކް ޕޭޖުގައި ބުނީ، ތައިލޭންޑުގެ ވެރި ރަށުން ރާއްޖެއަށް ބާއްވާ މި ސީދާ ދަތުރުތައް ފަށާނީ އަންނަ ސެޕްޓެމްބަރު 1، ގައި ކަމަށެވެ. ދެކޮޅު ޓިކެޓެއްގެ ފެށޭ އަގަކީ 427 ޑޮލަރެވެ.

އެގޮތުން ބެންކޮކްގެ ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފްތާގެ ހަތަރު ދުވަހު ދަތުރުތައް ބާއްވަން އެ އެއާލައިނުން ވަނީ ނިންމާފަ އެވެ. އެއީ އާދީއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ.

އެއާލައިނުން ބުނެފައިވާގޮތުގައި މި ދަތުރުތަކަށް ބޭނުންކުރާނީ އޭ320 މަރުކާގެ ބޯޓެވެ. މިއީ ހަމަ އެ ރޫޓޫން މިހާރުވެސް ރާއްޖެއަށް ދަތުރުކުރާ އެއާ އޭޝިއާއިން ވެސް ބޭނުންކުރާ ބޯޓުތަކެވެ.