Advertisement

މޯލްޑިވިއަންއިން ތުރޫފެއާ ތައާރަފުކޮށް، ޑޮމެސްޓިކް ވިއުގައިގެ ތެރެއިން ބޭރުގެ މަންޒިލުތަކަށް

4 އޭޕްރީލް 2024 - 23:08 0

މޯލްޑިވިއަންގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަތީގައި: ތުރޫފެއާ ހިދުމަތް ފަށަނީ މޯލްޑިވިއަންއިން ދަތުރުކުރާ ބޭރުގެ ތިން މަންޒިލަކަށް ދަތުރުކުރެވޭ ގޮތަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މޯލްޑިވިއަންއިން ތުރޫފެއާ ތައާރަފުކޮށް، ޑޮމެސްޓިކް ވިއުގައިގެ ތެރެއިން ބޭރުގެ މަންޒިލުތަކަށް

4 އޭޕްރީލް 2024 - 23:08 0

ގައުމީ އެއާލައިން މޯލްޑިވިއަންއިން ތުރޫފެއާ ހިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

މޯލްޑިވިއަންއިން ބުނި ގޮތުގައި މި ހިދުމަތުގެ ދަށުން އެ އެއާލައިނުން ހިދުމަތް ދެމުން އަންނާ ރާއްޖޭގެ 16 ޑޮމެސްޓިކް އެއާޕޯޓާއި އެ އެއާލައިނުން ދަތުރުކުރާ ބޭރުގެ މަންޒިލުތައް ކަމުގައިވާ ޑާކާ އާއި ބެންގަލޫރާއި ކޮލަމްބޯ ގުޅާލަދޭނެ އެވެ.

މިއަދުން ފެށިގެން ފަށާ މި ހިދުމަތާއެކީ އެތެރޭގެ ދަތުރާއި ބޭރު ދަތުރު އެއް އައިޓިނެރަރީއެއް ދަށުން ބުކް ކުރެވޭނެ އެވެ. މިއާ ގުޅިގެން ވަކިވަކި ޓިކެޓުތައް ނަގަން ޖެހުމުގެ ތުރާލުން ސަލާމަތްވެ، އެ އެއާލައިން ބޭނުންކުރާ ފަސިންޖަރުންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގުފަހިވެގެންދާނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

މޯލްޑިވިއަންގެ ތްރޫފެއާ ހިދުމަތް ބޭނުންކުރާ ފަސިންޖަރުންނަށް ފަސް ޕަސެންޓާ ހަމައަށް ޑިސްކައުންޓާއި ޑޮމެސްޓިކް ދަތުރުގައި ޗެކްއިން ކުރާ ލަގެޖު އެލަވަންސް ބޭރަށް ދަތުރުކުރާ އިރުވެސް ލިބޭނެ އެވެ.

މޯލްޑިވިއަންއިން ބުނީ މުސްތަގުބަލުގައި އެ އެއާލައިނުން ދަތުރުކުރާ ޓްރިވެންޑްރަމާއި ކޮޗިންއަށް ވެސް ތުރޫފެއާ ހިދުމަތް ފަށާނެ ކަމަށެވެ. މި ހިދުމަތް އެ އެއާލައިންގެ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަނާއި ޓިކެޓިން އޮފީހުގެ އިތުރުން ސޭލްސް އެޖެންޓުން މެދުވެރިކޮށް ވެސް ލިބޭނެ އެވެ.