Advertisement

ރިޔާސީ ބަހުސްގައި ބައިވެރިނުވާން ރައީސް ގެންދަވަނީ އުޒުރު ދައްކަވަމުން: ޑިމޮކްރެޓްސް

23 އޮގަސްޓު 2023 - 12:28 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިމޮކްރެޓްސް ކެމްޕޭނުގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ : ވިދާޅުވީ ރައީސް ބަހުސްގައި ބައިވެރިނުވާން އުޒުރު ދައްކަވާތީ ކަންބޮޑުވާ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރިޔާސީ ބަހުސްގައި ބައިވެރިނުވާން ރައީސް ގެންދަވަނީ އުޒުރު ދައްކަވަމުން: ޑިމޮކްރެޓްސް

23 އޮގަސްޓު 2023 - 12:28 1

ދައުލަތުގެ މީޑިއާއިން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގަތުމަށް އުޒުރު ދައްކަވަމުންދާ ކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގެ އަދާހަމަ ގެނެސްދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިމޮކްރެޓުންގެ ކެމްޕޭން ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ރައީސް ސޯލިހުގެ ފަރާތުން އެމަނިކުފާނު ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ ރައްޔިތުންގެ އަރިހަށް ވަޑައިގަތުމަށްފަހު ވަގުތުވާ ކަމުގައިވާ ނަމަ ކަމަށް ބުނެފައިވާ ކަަމަށާއި އެއީ ބަހުސްގައި ބައިވެރިވެވަޑައިނުގަތުމަށް ދައްކާ އުޒުރެއް ކަމަށެވެ.

"އިންތިހާބުތަކުގެ އެންމެ ބޮޑު އެއް އަސާސަކީ ރިޔާސީ ބަހުސް، ރިޔާސީ އިންތިހާބެއްގައި ހާއްސަ ގޮތެއްގައި ބަހުސެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުން އެއީ ވަރަށް އަސާސީ ކަމެއް ނަމަވެސް ސަރުކާރުގެ ކެންޑިޑޭޓު މިހާރުވެސް އެ ދައްކަވަނީ އުޒުރެއް," އިމްތިޔާޒް ވިދާޅުވި އެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހު ގައުމީ ޔުނިވާސިޓީ އަދި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ ބަހުސްގައި ރައީސް ފެނިވަޑައިގައިތުމާ ގުޅޭގޮތުން ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ އެވެ.

""ރައީސް އެ ވަޑައިގަންނަވަނީ ވައުދުތަކުގެ ވާހަކަތައް ޓީވީގެ ޒަރިއްޔާއިން ގެނެސްދެއްވަމުން، އެހެންވީމަ ސީދާ ތިއަށް އެއްޗެެކޭ ދަންނަވަން އެނގޭނީ އެމަނިކުފާނުގެ ޕްރޮގްރާމުގެ ތެރެއިން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށްފަހު ވަގުތު އޮވެއްޖިއްޔާ ހަމަ ގައިމުވެސް ތި ކަންކަމަށް ވަގުތު އޮތް މިންވަރަކުން ވަގުތު ދެއްވާނެ," މާރިޔާ ވިދާޅުވި އެވެ.

އިމްތިޔާޒު މިއަދު ވަނީ ރައީސްގެ ފަރާތުން "އުޒުރު" ދައްކަވަމުންދާ ކަމަށް ބުނެ، 2018 ގައި އޭރު އޭނާވެސް ނިސްބަތްވި އެމްޑީޕީގެ ކެންޑިޑޭޓު ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވިކަން ފާހަގަކުރައްވާފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ ބަހުސްގައި ވެސް އޭރު އެމްޑީޕީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވާ ރައީސް ސޯލިހު ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެއީ, އެމްއެންޔޫގެ ބަހުސްގައި އެކަނި ބައިވެރިވާން އޭރުގެ ރައީސް އަބްދުالله ޔާމީން ނިންމެވުމުން އެއީ މިނިވަކަމާ އެކު ކުރިއަށް ނުދާނެ ބަހުސް ކަމަށް ބެލުމަށް ފަހު އެވެ.

އިންތިހާބަކާ ދިމާކޮށް ދައުލަތުގެ މީޑިއާއިން ގެނެސްދޭ މި ބަހުސް މިފަހަރު އޮންނާނީ ސެޕްޓެމްބަރު 1، ވަނަ ދުވަހުގެ ރޭ 9:00 ގަ އެވެ. އިމްތިޔާޒު އިތުރަށް ވިދާޅުވީ ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު އެ ބަހުސްގައި ބައިވެރިވާނެ ކަމަށެވެ.