Advertisement

ފްރާންސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އޮންރީ

23 އޮގަސްޓު 2023 - 07:19 0


ފްރާންސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް އޮންރީ

23 އޮގަސްޓު 2023 - 07:19 0

ޕެރިސް (އޮގަސްޓް 23) - ފްރާންސްގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ މަޝްހޫރު ފޯވާޑް ތިއަަރީ އޮންރީ ހަމަޖެއްސުމާ މެދު ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ގޮތެއް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު، ބެލްޖިއަމް ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުން ވަކިވެ، ވަޒީފާއެއް ނެތި ހުރި އޮންރީ، 46، ފްރާންސްގެ 23 އަހަރުން ދަށުގެ ޓީމާ ހަވާލުވާން ވަނީ އެއްބަސްވެފަ އެވެ. އެއީ ކުރިން އެ މަގާމުގައި ހުރި، ސިލްވައިން ރިޕޯލް ވަކިކުރުމަށް ފަހު އެވެ.

ފްރާންސްގެ 23 އަަހަރުން ފަށުގެ ޓީމާ އޮންރީ ހަވާލުވާއިރު، އޭނާ އަށް އޮންނާނެ މައިގަނޑު މުބާރާތަކީ އަންނަ އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް އެވެ. އެ އިވެންޓަކީ 23 އަހަރުން ދަށަށް ހާއްސަ މުބާރާތެކެވެ. ގަވާއިދު ޖާގަ ދޭ ގޮތަށް ބަލާއިރު، އޮލިމްޕިކް ޓީމުގައި ކީލިއަން އެމްބާޕޭ އަށް ކުޅެވޭނެ އެވެ. އެހެންކަމުން އޮންރީ ޓީމު އެކުލަވާލާއިރު، އެމްބާޕޭ އަށް ބަރޯސާވުމުގެ ފުރުސަތު އެބައޮތެވެ.

އޮލިމްޕިކްސްގެ އިތުރުން އޮންރީ ދެން ނުކުންނާނީ 21 އަހަރުން ދަށުގެ ޔޫރޯ އަށެވެ. އެ ގޮތުން، އޮންރީގެ ކޯޗުކަމުގައި ފްރާންސްގެ ޒުވާން ޓީމު ކުޅޭ ފުރަތަމަ މެޗަކަށްވާނީ އަންނަ މަހު، ހަތް ވަނަ ދުވަހު ޑެންމާކާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ. އޭގެ ހަތަރު ދުވަސް ފަހުން ޔޫރޯ ފަށާނެ އެވެ.

އޮންރީ، ކޯޗިން ކެރިއަރު ރަސްމީކޮށް ފެށިއިރު، މަސައްކަތް ކުރީ 2016-2018 އަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނޭޒްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން، ފްރާންސްގެ މޮނާކޯ އާއި ކެނަޑާގެ ޓީމު މޮންޓްރެއާލް އިމްޕެކްޓްގެ ހެޑް ކޯޗަކަށް ހުއްޓެވެ. މީގެ އިތުރުން، އޮންރީ ދެން ފެންނަނީ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގައި ޓީވީ ޝޯތަކުގެ އިތުރުންނާއި ފީފާ އާއި ޔުއެފާ އަދި އިނގިރޭސި ފުޓްބޯޅައިގެ ޕީއެފްއޭގެ އެކި އިވެންޓްތަކުންނެވެ.