Advertisement

ޕޮޮލިސް ބަލިކޮށް ފެނަކަ އިން އެއިޓީން ތާޓީ ތަށި އުފުލާލައިފި

23 އޮގަސްޓު 2023 - 06:14 0

ފެނަކަ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޕޮޮލިސް ބަލިކޮށް ފެނަކަ އިން އެއިޓީން ތާޓީ ތަށި އުފުލާލައިފި

23 އޮގަސްޓު 2023 - 06:14 0

ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން އެއިޓީން ތާޓީ މުބާރާތުގެ ފައިނަލުގައި ޕޮލިސް ކްލަބް އަތުން 3-1 އިން މޮޅުވެ، ޓީމު ފެނަކަ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ، ފެނަކަ އިން މުބާރާތުގެ ތަށި އުފުލާލި ދެ ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ މި މުބާރާތް ކާމިޔާބުކުރީ 2017 ވަނަ އަހަރު އެވެ. މި ފަހަރުގެ ކްލަބް މޯލްޑިވްސް، އެއިޓީން ތާޓީ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ފެނަަކަ އާއި ޕޮލިސް ދެ ފަހަރެއްގެ މަތިން ބައްދަލުކުރި އެވެ. ފުރަތަމަ މެޗުން ޕޮލިސް 1-0 އިން މޮޅުވިއިރު، ދެން ކުޅުނު ދެ މެޗުން މޮޅުވީ ފެނަކަ އެވެ. ލީގު ބުރުގެ ފަހު މެޗުން ފެނަކަ މޮޅުވީ 3-2 އިންނެވެ.

ރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ފެނަކަ އިން ލީޑުނެގީ މަރިޔަމް މިރުފަތު ޖެހި ގޯލުންނެވެ. އަދި މަރިޔަމް ނޫރާ ލަނޑެއް ޖަހައި، ފެނަކަ އަށް ލީޑުފުޅާކޮށްދީފައިވަނިކޮށް، ޕޮލިހުގެ ރާނިޔާ އިބްރާހިމް އެ ޓީމަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދިނެވެ.

އެކަމަކު، ފެނަކަ ޓީމުގެ ފާތިމަތު އިނާޝާ އާދަމް ވަނީ ގޯލެއް ޖަހައި މެޗުން އެ ޓީމު މޮޅުކޮށްދީފަ އެވެ.

މި ފަހަރުގެ އެއިޓީން ތާޓީ މުބާރާތް ކުރިއަށްދިޔައީ، ފެނަކަ އާއި ޕޮލިސްގެ އިތުރުން ދިވެހި ސިފައިންގެ ކްލަބް މެދުގަ އެވެ. އެއީ، ގުރުއަތުލުން ބޭއްވި ފަހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މުބާރާތުން ވަކިވުމުންނެވެ.