Advertisement

ކްލަބް 220 ބަލިކޮށް ޓީމު ޑީޖޭއޭ އިން ކްލަބް މޯލްޑިވްސް ކްލަސިކް ކާމިޔާބުކޮށްފި

22 އޮގަސްޓު 2023 - 06:45 0

ޓީމު ޑީޖޭއޭ ކުުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ކްލަބް 220 ބަލިކޮށް ޓީމު ޑީޖޭއޭ އިން ކްލަބް މޯލްޑިވްސް ކްލަސިކް ކާމިޔާބުކޮށްފި

22 އޮގަސްޓު 2023 - 06:45 0

ފައިނަލުގައި ކްލަބް 220ގެ މައްޗަށް 7-2 އިން ކުރިހޯދައި، ޓީމު ޑީޖޭއޭ އިން ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުޅިން އަލަށް ކްލަބް މޯލްޑިވްސް އިން މި ފަހަރު ތައާރަފްކުރި ކްލަސިކް ޑިވިޝަނުގެ ފިރިހެން މުބާރާތުގައި 24 ޓީމު ވާދަކުރިއިރު، ޑީޖޭއޭ އިން ޗެމްޕިއަންކަން ހޯދާފައިމިވަނީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޑީޖޭއޭ އިން ފެނުނީ ފުރަތަމަ މިނިޓުން ފެށިގެން ކްލަބް 220 އަށް ޕްރެޝަރު ކޮށްގެން ކުޅެން ފެށި ތަނެވެ. އެގޮތުން، މެޗުގެ ކުރީކޮޅުގައި ލީޑުނަގައި، ކޮންޓްރޯލް ހޯދުމަށް ފަހު ގޭމް މެނޭޖް ކުރުމުގައި ވެސް ތަފާތު ދެއްކި އެވެ.

ލަނޑު ޖެހުމަށް ފަހު ޑީޖޭއޭ ކުޅުންތެރިން އުފާފާޅުކުރަނީ: މުޅި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ޓީމަކީ ޑީޖޭއޭ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރޭގެ މެޗުގައި ޑީޖޭއޭ ޓީމަށް ގޯލުތައް ޖަހައިދިީފައިވަނީ މުހައްމަދު އަޖުވަދު ސޮލާހު އާއި ސައުދުﷲ އަހުމަދު ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއްގެ އިތުރުން އަބްދުﷲ ރިމާހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީޖޭއޭ ޓީމަށް މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސައުދުﷲ އެވެ.

ކްލަބް 220 ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިީފައިވަނީ އަހުމަދު ސާމިހު ދެ ގޯލެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ޖުމްލަ އެކު، ހަތް މެޗުން 14 ލަނޑު ކާމިޔާބުކުރި ސާމިހު އެވެ.