ކިހާދޫގެ އާބާދީ މަދުވުމުން ބަނދަރު ނުހެދޭނެ ކަމަށް މުއިއްޒު ބުނި: ރައީސް

22 އޮގަސްޓު 2023 - 08:47 1

އަހުމަދު އާއިދު

އ

ބ. ކިހާދޫ


ކިހާދޫގެ އާބާދީ މަދުވުމުން ބަނދަރު ނުހެދޭނެ ކަމަށް މުއިއްޒު ބުނި: ރައީސް

22 އޮގަސްޓު 2023 - 08:47 1

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބ. ކިހާދޫ ކައުންސިލުން އެ ރަށުގެ ބަނދަރު ހެދުމަށް އެދުމުން، އޭރު ޕްލޭނިން މިނިސްޓަރުގެ މަގާމުގައި ހުންނެވި، މިހާރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު އެކަމާ ދެކޮޅު ހެއްދެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނުގައި ކިހާދޫއަށް ވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސޯލިހު ވަނީ ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން އެ ރަށުގެ ރައްޔިތުން އެދެމުންދިޔަ ބަނދަރު އަޅައިނުދިންކަން ފާހަގަކުރައްވާފަ އެވެ.

އެންމެ ފުރަތަމަ ކިހާދޫގެ ރައްޔިތުން ބަނދަރަކަށް އެދުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1998 ވަނަ އަހަރު ބޭއްވި އަތޮޅުވެރިންގެ މަހާސިންތާއެއްގައި ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. އެއަށް ފަހު އައި ސަރުކާރުތަކުގައި ވެސް އެ ރަށުގެ ބަނދަރު ހެދުމަށް ދިޔައީ އެދެމުންނެވެ.

ކިހާދޫ ކައުންސިލުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބަނދަރުގެ ހެދުމަށް ހުށަހެޅުމުން ކައުންސިލާ ބައްދަލު ކުރެއްވީ އޭރު ޕްލޭނިން މިސްޓަރަކަށް ހުންނެވި މުއިއްޒު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކައުންސިލުގެ އެ ހުށަހެޅުމަށް މުއިއްޒު ދެއްވާފައިވާ ޖަވާބަކީ، "އެންމެ 400 މީހުން ދިރިއުޅޭ ރަށެއްގައި ކީއްކުރާ ބަނދަރެއްހޭ އަޅަނީ،" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިފަދައިން ވިދާޅުވި ބޭފުޅަކު މިއަދު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވައުދުވަމުން ވަޑައިގެންނެވި ނަމަވެސް އެ ދުވަހު ކިހާދޫގެ ކައުންސިލަށް ދެއްވި ޖަވާބު ފެންނަން އެއޮތީ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެހެންވީމާ، ތިޔަބޭފުޅުން ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި، އަޅުގަނޑު ހިތުން ގޮތް ނިންމަން ވަރަށް ސާފުވާނެ މި ރަށުގެ ރައްޔިތުންނަށް، އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް އިރާދަކުރެއްވިއްޔާ އެކަންކަން [ބަނދަރު] އެވަނީ ނިމިފަ،" ރައީސް ވިދާޅުވި އެވެ.

އެ ރަށުގައި 43.3 މިލިއަން ރުފިޔާ ހަރަދުކޮށް މި ސަރުކާރުން ހެދި ބަނދަރު މިއަދު ރައީސް ސޯލިހު ވަނީ ހުޅުއްވައި ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ ބަނދަރުގައި އަދިވެސް ކުދި މައްސަލަތަކެއް އެބަހުރި ކަަމަށާއި އަދި އެ ކަންކަން ކިހާދޫގައި ކުރިއަށްދާ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ހައްލުކޮށްދެއްވާނެ ކަމަށެވެ.

50.00%

0.00%

0.00%

50.00%

މި ލިޔުން ކިޔާލުމުން


އަހްމަދު

over 1 year ago

ތީ ބުހުތާނު ދޮގު އަހަރެން އެ ބައްދަލުވުންތަކަށް ދިޔައިން. އެހެން މުއިއްޒު ވިދާޅުނުވޭ. އެއީ ޔާމިން ސަރުކާރުން ބަޖެޓް ހަމަޖެހިނިމިފައިވާ ޕޮރޮޖެކްޓެއް