Advertisement

އެމްޑަބްލިއުއެސްސީން ގޮއިދޫގައި ފެނާއި ނަރުދަމާ ގާއިމްކޮށްފި

22 އޮގަސްޓު 2023 - 08:49 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ގޮއިދޫގެ ފެނާއި ނަރުދަމާ ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: އެމްޑަބްލިއުއެސްސީ


އެމްޑަބްލިއުއެސްސީން ގޮއިދޫގައި ފެނާއި ނަރުދަމާ ގާއިމްކޮށްފި

22 އޮގަސްޓު 2023 - 08:49 0

ދައުލަތުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ބ. ގޮއިދޫގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިއްޔެ އިފުތިތާހުކޮށްފި އެވެ.

އެ މަޝްރޫއަށް ހަރަދުވީ 46.30 މިލިއަން ރުފިޔާ އެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރިޔާސީ ކެމްޕެއިނަށް ބ. އަތޮޅަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ދައުލަތުގެ ވަޒީރުންނާއި، އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން ގޮއުދޫގެ ރައްޔިތުން ބައިވެރިވި އެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި ގޮއިދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކުރުން
  • ފެން ހޮޅީގެ މައި ނެޓްވޯކް ކަނެކްޝަން އެޅުން
  • ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދިނުން
  • ފެން އުފެއްދުމަށް ޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން އެޅުން
  • ފެން ރައްކާކުރުމަށް ޓަކައި ފެން ތާންގީ އެޅުން
  • ގޮއިދޫގައި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • ނަރުދަމާގެ މައި ނެޓްވޯކް އާއި ޕަމްޕިން ލައިން އެޅުން
  • ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުން
  • ޕަމްޕިން ސްޓޭޝަން ގާއިމްކުރުން
  • ސީ އައުޓްފޯލް އެޅުން
  • ގޭގެގައި ޖަންކްޝަން ބަހެއްޓިުން
  • ގޭގެއަށް ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން

    އެމްޑަބްލިއުއެސްސީން ވަނީ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އިތުރުން އެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖެނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދީފަ އެވެ.

    މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެއް އަދި 2020 ގައި އަމަލުކުރަން ފެށި ފެނާއި ނަރުދަމާގެ ގާނޫނުގެ ދަށުން ފަސް އަހަރުގެ ތެރޭގައި ކޮށް ނިންމަން ލާޒިމް ކަމެކެވެ. އެގޮތުން އެހާތަނަށް ފެނުގެ ނިޒާމު ނެތް 23 ރަށަކާއި 16 ރަށެއްގައި އެ މަސައްކަތް ކުރަން މިދިޔަ ޑިސެމްބަރުގައި ވަނީ ކޮންޓްރެކްޓް ކޮށްފަ އެވެ.