Advertisement

އިރާނުގެ ފޮރިން މިނިސްޓަރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

18 އޮގަސްޓު 2023 - 05:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަދި އިރާނުގެ ފޮރިން މިނިސްޓަރުން. -- ފޮޓޯ: އޭއެފްޕީ


އިރާނުގެ ފޮރިން މިނިސްޓަރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

18 އޮގަސްޓު 2023 - 05:54 0

ރިޔާދް، ސައުދީ އަރަބިއްޔާ (އޯގަސްޓް 17) - މިދިޔަ މާޗް މަހު އިރާނާއި ސައުދީ އަރަބިއްޔާއިން ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމްކުރަން ނިންމި ފަހުން، އިރާނުގެ ފޮރިން މިނިސްޓަރު ފުރަތަމަ ފަހަރަށް ސައުދީއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު ހޮސެއިން އާމިރް އަބްދުއްލާހިއާން ސައުދީއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އެއްބައިވަންތަކަމާއި މަޝްވަރާގެ މުހިއްމު ކަމެވެ. އޭގެ އިތުރުން ފަލަސްތީން ރައްޔިތުންނަށް އިރާނުގެ ތާއީދު އޮންނާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އެމެރިކާއިން މިހާރު މަސައްކަތް ކުރަމުން ދަނީ އިޒްރޭލާއި ސައުދީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމަށެވެ. މީގެ ކުރިން ސައުދީން ބުނެފައި ވަނީ ފަލަސްތީނުގެ މައްސަލަ ހައްލު ނުވާ ނަމަ އިޒްރޭލާ އެކު ގުޅުން ގާއިމްނުކުރާނެ ކަމަށެވެ.

އިރާނުގެ ފޮރިން މިނިސްޓަރު ސައުދީއަށް ވަޑައިގެންފައިވާ އިރު، އިރާނުގެ ރައީސް އިބްރާހިމް ރައިސީގެ ދަތުރެއް ކުރެއްވުމަށް ސައުދީ ރަސްގެފާނު ސަލްމާން ދައުވަތު އަރުއްވާފައިވެ އެވެ. ދެ ގައުމުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ ކަމަށް އަބްދުއްލާހިއާން ވިދާޅުވި އެވެ.

ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ވިދާޅުވީ ދެ ގައުމުގެ އެމްބަސީ އަލުން ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަބްދުއްލާހިއާން ސައުދީއަށް ވަޑައިގެންނެވުމުގެ ކުރިން، ފައިސަލް ވަނީ އެމްބަސީ ހުޅުވުމަށް އިރާނަށް ދަތުރެއް ކުރައްވައިފަ އެވެ.