Advertisement

ޔޫކްރެއިންގެ ވައިގެ ދިފާއު ވަރުގަދަ ކުރަން ޖަރުމަނުން އިތުރު ސިސްޓަމްތަކެއް

18 އޮގަސްޓު 2023 - 08:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެއާ ޑިފެންސް ސިސްޓަމެއް.


ޔޫކްރެއިންގެ ވައިގެ ދިފާއު ވަރުގަދަ ކުރަން ޖަރުމަނުން އިތުރު ސިސްޓަމްތަކެއް

18 އޮގަސްޓު 2023 - 08:01 0

ކިޔެވް، ޔޫކްރެއިން (އޯގަސްޓް 17) - ޔޫކްރެއިންގެ ވައިގެ ދިފާއު ވަރުގަދަ ކުރުމަށް ޖަރުމަނުވިލާތުން އިތުރު ސިސްޓަމްތަކެއް ފޯރުކޮށްދީފި އެވެ.

ބުރާސްފަތި ދުވަހު ޔޫކްރެއިނުން ބުނީ ޖަރުމަނުން ހަދިޔާކުރީ "އައިރިސް ޓީ އެންޓި އެއާކްރާފްޓް" ސިސްޓަމްތަކެއް ކަމަށެވެ.

އެ ސިސްޓަމްތައް ހަދިޔާކުރި އިރު، ރަޝިއާގެ މިސައިލް ހަމަލާތައް އިތުރު ކުރަމުން ދާތީ ވައިގެ ދިފާއު ވަރުގަދަ ކުރުން މުހިއްމު ކަމަށް ޔޫކްރެއިނުން ބުނެ އެވެ.

މީގެ ކުރިން ވެސް ހުޅަނގުގެ ގައުމުތަކުގެ އެހީގައި ޔޫކްރެއިނުން ވަނީ ވައިގެ ދިފާއު ވަރުގަދަ ކުރުމަށް ގިނަ އަދަދެއްގެ ސިސްޓަމްތައް ބަހައްޓައިފަ އެވެ.

ވެރިރަށް ކިޔެވްއަށް މިސައިލް އަދި ޑްރޯން ހަމަލާ ދޭން މިހާރު އުނދަގުލެވެ. އެހެން ނަމަވެސް، ޔޫކްރެއިންގެ ދެކުނާއި ހުޅަނގުގެ ސިޓީތަކަށް އަދިވެސް ނުރައްކާ ބޮޑެވެ.

މިދިޔަ އަންގާރަ ދުވަހު ވެސް ހުޅަނގު ލުތްސްކް ސިޓީއަށް ދިން މިސައިލް ހަމަލާތަކުގައި ތިން މީހުން މަރުވި އިރު، ލްވިވް ސިޓީ މަތިން މިސައިލްތަކެއް ވައްޓާލި އެވެ.