Advertisement

ޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ އާމްދަނީއަށް ދެ ބިލިއަން ރުފިޔާ އިތުރުވެއްޖެ

17 އޮގަސްޓު 2023 - 13:08 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފިނޭންސް މިނިސްޓްރީ -- ފޯޓޯ: އަދަދު


ޖީއެސްޓީ ބޮޑު ކުރުމުން ދައުލަތުގެ އާމްދަނީއަށް ދެ ބިލިއަން ރުފިޔާ އިތުރުވެއްޖެ

17 އޮގަސްޓު 2023 - 13:08 1

ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދެ ބިލިއަން ރުފިޔާ އިތުރަށް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން އޮގަސްޓް 16، ގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާނަމަ ދެ ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ލިބުނީ 6.1 ބިލިއަން ރުފިޔާ އެވެ.

މި އަހަރުން ފެށިގެން އާންމު މުދަލާއި ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީޖީއެސްޓީން ހަ ފަސެންޓުން އަށް ފަސެންޓަށް (ދެ ރުފިޔާ) ބޮޑު ކޮށްފައިވާއިރު، ޖީޖީއެސްޓީން މިއަހަރުގެ މިހާތަނަށް ވަނީ 2.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ޖީޖީއެސްޓީން ލިބުނީ 1.8 ބިލިއަނެވެ.

މި އަހަރުން ފެށިގެން ޓީޖީއެސްޓީ ވެސް ވަނީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކޮށްފަ އެވެ. މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 4.3 ބިލިއަން ރުފިޔާ އެވެ.

ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 16.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީއިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ޓެކްސް އާމްދަނީއަކީ 13 ބިލިއަނެވެ.