Advertisement

ވެމްކޯ އާއި އާރްއާރްސީ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް

17 އޮގަސްޓު 2023 - 09:04 0

ރޭ އާރްއާރްސީގެ އަލީ ހާފިޒް (އައްޔަ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވެމްކޯ އާއި އާރްއާރްސީ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް

17 އޮގަސްޓު 2023 - 09:04 0

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުން ކްލަބް ވެމްކޯ އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ފުރުސަތު ހޯދައިފި އެވެ.

ފުރަތަމަ ސެމީ ފައިނަލުގައި ކްލަބް ވެމްކޯ އިން ޔުނައިޓެޑް ބީއެމްއެލް ބަލިކުރީ 7-3 އިންނެވެ. އަދި ދެ ވަނަ ސެމީގައި އާރްއާރްސީން ވަނީ 7-3 ޓީމު އެފްއެސްއެމް ބަލިކޮށްފަ އެވެ.

ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބީއެމްއެލް އިން ލީޑުނެގީ އަހުމަދު ހުނައިފު ޖެހި ގޯލުންނެވެ. ވެމްކޯ އިން ފަހަތުން އަރައި ގޯލުތައް ޖެހިއިރު، އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ އީރާންގެ ކުޅުންތެރިޔާ، އަލީ ރެޒާ ޝެއިކްލާރު ހަތަރު ގޯލުގެ އިތުރުން، އިސްމާއިލް ވަޖީހު (ވައްޖެ) ދެ ގޯލު އަދި އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ.

ވެމްކޯ ޓީމުގެ ޖެންނޭ (ކ) އާއި އެ ޓީމުގެ އަލީ ރެޒާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބީއެމްއެލްގެ އަނެއް ދެ ގޯލު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އާއި ހައިޝަމް ރަޝީދު އެވެ.

ސެމީ ފައިނަލް އަނެއް މެޗުގައި އާރްއާރްސީން ވަނީ އެފްއެސްއެމް ކައިރީގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އާރްއާރްސީ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ހުސެއިން ގައްސާން ލަބީބް (ހުސީ) ދެ ގޯލާއި، އަލީ ހާފިޒް (ހާއްޕެ)، އަބްދުﷲ ޔާމީން (ޔާނު)، އިބްރާހިމް ސިނާހު (ސިނާ)، އަލީ ޝިފާއު (ރޮނާ) އަދި އަލީ ޝާމިސް (ތޮއްޕޭ) އެވެ.

އެފްއެސްއެމްގެ ލަނޑުތައް ޖެހީ މުހައްމަދު ޝާން، އަލީ އަލްސަން އަދި އަބްދުﷲ ޒިޔާން އެވެ.

ވެމްކޯ އާއި އާރްއާރްސީ ކުޅޭ ފައިނަލު އޮންނާނީ މި މަހު 25 ވަނަ ދުވަހުގެރޭގަ އެވެ. އާރްއާރްސީން ވަނީ 2021 ވަނަ އަހަރު މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ވެމްކޯ އިން މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ކުޅުނު ނަމަވެސް ޗެމްޕިއަންކަން ހޯދޭ ގޮތެއްނުވި އެވެ.