Advertisement

އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

16 އޮގަސްޓު 2023 - 12:14 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ދަރިވަރުން އޯލެވެލް އިމްތިހާނު ހަދަނީ -- ފޯޓޯ: އަދަދު


އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

16 އޮގަސްޓު 2023 - 12:14 0

އައިޖީސީއެސްއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ބުނީ އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު ހެނދުނު 9:00 ގައި އަދި އޯލެވެލްގެ ނަތީޖާ 10:00 ގައި ސެންޓަރުތަކަށް ފޮނުވާފައިވާ ކަމަށެވެ.

މިއަހަރު މޭ އަދި ޖޫން މަހު ހެދި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާފައި ވަނީ މިއަދު މެންދުރު އެވެ. އެގޮތުން މެންދުރު 12:00 އިން ފަށައިގެން އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ނަތީޖާ ދޫކުރަމުން ދާނެ އެވެ.

އޭގެ އިތުރުން ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް އޮގަސްޓް 17، އިން ފެށިގެން އޮގަސްޓް 31، ގެ ނިޔަލަށް އިމްތިހާނު ހެދި ސެންޓަރަށް އެދި ހުށަހެޅޭނެ ކަމަށް ޑީޕީއީ އިން ބުނެ އެވެ.

ޖުމްލަ 6،106 ދަރިވަރުން މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި އެވެ.

ރާއްޖޭގައި މީގެ ކުރިން ސާނަވީ އިމްތިހާނު ކުރިޔަށްގެންދަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު އަދި ނޮވެމްބަރުގަ އެވެ. ނަމަވެސް, ކޮވިޑް ގެ ސަބަބުން 2020 ވަނަ އަހަރު ސާނަވީ އިމްތިހާނު ފަސްކޮށް، މިހާރު އާ އަހަރުގެ ކިޔެވުން ފަށަނީ ކޮންމެ އަހަރެއްގެ މޭ ގަ އެވެ.