Advertisement

ވިލާ ފައުންޑޭޝަނަށް ދަރިވަރުން ދައްކަންޖެހޭ ލޯނު މައާފުކުރިކަމުގެ ސިޓީ މި މަހު ހަވާލުކުރަނީ

16 އޮގަސްޓު 2023 - 08:39 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިލާ ކޮލެޖްގެ ކިއުއައި ކެމްޕަސް -- ފޮޓޯ: އިޔާން/އަދަދު


ވިލާ ފައުންޑޭޝަނަށް ދަރިވަރުން ދައްކަންޖެހޭ ލޯނު މައާފުކުރިކަމުގެ ސިޓީ މި މަހު ހަވާލުކުރަނީ

16 އޮގަސްޓު 2023 - 08:39 0

ވިލާ ފައުންޑޭޝަނުގެ ސްކޮލާޝިޕް އަދި ލޯނު ސްކީމުގެ ދަށުން ކިޔަވާފައި ތިބި ދަރިވަރުން އެ ފައުންޑޭޝަނަށް ދައްކަން ޖެހޭ ފައިސާ މައާފުކުރުމުގެ ސިޓީ މި މަހު ހަވާލުކުރާނެ ކަމަށް ވިލާ ފައުންޑޭޝަނުން ބުނެފި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވަނީ އޭނާގެ ވިލާ ފައުންޑޭޝަނުން ދަރިވަރުން ކިޔެވުމަށްޓަކައި ދޫކޮށްފައިވާ ހުރިހާ ލޯނެއް މައާފުކޮށްދީފަ އެވެ.

އެ ފައުންޑޭޝަނުން ބުނީ މި އޮގަސްޓް މަހުގެ 27، އަދި 28 ގައި ދަރިވަރުންނާއި ސިޓީ ހަވާލުކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ލޯނު މައާފުކުރުމުގެ އިދާރީ މަސައްކަތްތައް ކުރުމަށްޓަކައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު ހިއްސާކުރުމަށް ވިލާ ފައުންޑޭޝަނުން ވަނީ އެދިފަ އެވެ.

އެގޮތުން އޮގަސްޓް 20، ގެ ކުރިން މި ފޯމުގެ ޒަރިއްޔާއިން ދަރިވަރުންގެ މައުލޫމާތު އެ ފައުންޑޭޝަނާ ހިއްސާކުރެވޭނެ އެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މި ހިނގާ އޯގަސްޓު 9، ގައި ބޭއްވި ޖަލްސާގައި ވިލާ ގްރޫޕުގެ ބާނީ ގާސިމް ވިދާޅުވީ، އެ މަނިކުފާނުގެ ހަރަދުގައި ކިޔަވައިދީފައިވާ ކުދިންގެ އަދަދު 8،000 އަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި ހިލޭ އެހީ އާއި ސްކޯލަޝިޕާއި އެކި މިންވަރުގެ ލޯނުގައި ކިޔަވާފައިވާ ދަރިވަރުން ހިމެނެ އެވެ.

ގާސިމް އަދި ވިލާ ފައުންޑޭޝަންގެ ހަރަދުގައި ގިނަ ދަރިވަރުން ކިޔަވާފައިވަނީ ލޯނުގެ ކޮންމެ ވެސް ޕަސެންޓެއް ދިގު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް ކަމަށާއި އޭގެ ތެރޭގައި ފުރަތަމަ ޑިގްރީ، މާސްޓާޒް އަދި ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން ހިމެނޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ހުރިހާ ފަރާތްތަކަކަށް ކިޔަވައި ދިނުމަށް ހޭދަކޮށްފައިވާ ފައިސާ ގާތްގަނޑަކަށް ބިލިއަން ރުފިޔާއަށް އަރާ ކަން ލަފާ ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.