Advertisement

ސީއައިއެމްއޭގެ އެކައުންޓިން ޕްރޮގްރާމްތައް ވިލާ ކޮލެޖްގައި ލޯންޗުކޮށްފި

17 މޭ 2022 - 06:24 0

ޗާޓަޑް އިންސްޓިޓިއުޝަން އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީއައިއެމްއޭ) ގެ ޕްރޮގްރާމްތައް ވިލާ ކޮލެޖްގައި ލޯންޗުކޮށްފި


ސީއައިއެމްއޭގެ އެކައުންޓިން ޕްރޮގްރާމްތައް ވިލާ ކޮލެޖްގައި ލޯންޗުކޮށްފި

17 މޭ 2022 - 06:24 0

އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީއައިއެމްއޭ) ގެ ޕްރޮގްރާމްތައް ވިލާ ކޮލެޖްގައި ލޯންޗުކޮށްފި އެވެ.

ވިލާ ކޮލެޖްގައި ރަސްމީކޮށް މި ޕްރޮގްރާމްތައް ލޯންޗުކޮށްދިނީ ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހްމަދު އަންވަރުއާއި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ އެވެ.

ވިލާ ކޮލެކްގައި މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި ސީއައިއެމްއޭގެ ކައުންޓީ މެނޭޖަރު ޒަހަރާ އަންސާރީ އިސްވެ އޮތް އޮފިޝަލުންގެ ޓީމެއް ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެވަޑައިގަތެވެ.

ސީއައިއެމްއޭގެ ޕްރޮގްރާމްތަކަކީ އަމިއްލަ ވިޔަފާރި ހިންގަން ބޭނުންވާ ފަރާތްތަކާއި، ފައިނޭންސްއާއި ވިޔަފާރި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކައި އެ ދާއިރާއިން ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް މެނޭޖްމަންޓް އެކައުންޓިންގެ ތަމްރީންތައް ދެވޭ ޕްރޮގްރާމްތަކެކެވެ.

ސީއައިއެމްއޭގެ ޕްރޮގްރާމްތައް ވިލާ ކޮލެޖްގައި ލޯންޗު ކުރުމުން، އެ އިންސްޓިޓިއުޓް ސެޓިފިކެޓް އިން ބިޒްނަސް އެކައުންޓިން ލެވެލް (ސީބީއޭ) އާއި، ފައިނޭންޝަލް ލީޑާޝިޕް ޕްރޮގްރާމް (އެފްއެލްޕީ) ގެ އޮޕަރޭޝަނަލް ލެވެލް، މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓެޖިކަލް ލެވެލްގައި ބައިވެރިވެވޭނެ އެވެ.

މި ދާއިރާއާ ގުޅުން ހުރި ދާއިރާއެއްގެ ފުރަތަމަ ޑިގްރީގެ ދެވަނަ އަހަރު ކިޔަވަމުންދާ ދަރިވަރުންނަށް އެފްއެލްޕީގެ އޮޕަރޭޝަނަލް ލެވެލްގައި ބައިވެރިވެވޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އަދި ޑިގްރީއާއި މާސްޓާސް ހާސިލް ކުރަންވާއިރަށް އެ ޕްރޮގްރާމް އެއްކޮށް ހާސިލްކުރެވޭނެ ކަމަށް ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ ސީބީއޭ އާއި އެފްއެލްޕީގެ އޮޕަރޭޝަނަލް ލެވެލްގެ ޕްރޮގްރާމްތައް ވަނީ ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ތެރެއިން ސަރުކާރުން އެއްކޮށް ފަންޑު ކޮށްދީފައި ކަމަށެވެ. އަދި އޭގެ އިތުރަށް އޭގައި ބައިވެރިވެގެން މަހަކު 5،000 ރުފިޔާގެ އިނާޔަތެއް ލިބެން އޮންނާނެ ކަމަށް ވެސް ބުންޏެވެ.