Advertisement

ޝައުގުވެރި އާ މާއްދާތަކަކާ އެކު "ވިލާ" އޭ ލެވެލް އާދައާ ދުރަށް

8 ސެޕްޓެންބަރު 2022 - 16:45 0

ނިމާ ހަސަން

ނިމާ ހަސަން

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު


ޝައުގުވެރި އާ މާއްދާތަކަކާ އެކު "ވިލާ" އޭ ލެވެލް އާދައާ ދުރަށް

8 ސެޕްޓެންބަރު 2022 - 16:45 0

ރާއްޖެއަށް އާ މާއްދާތަކަކަށް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އިން އޭލެވެލް ކިޔަވައިދޭން ނިންމައިފި އެވެ.

ވީއައިއެޗްއެސުން އަލަށް ތައާރަފުކުރި މާއްދާތަކުގެ ތެރޭގައި ހިމެނެނީ، އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، އާޓް އެންޑް ޑިޒައިން، ސައިކޮލޮޖީ، ޑިޖިޓަލް މީޑިއާ އެންޑް ޑިޒައިން އަދި ލޯ އެވެ.

މި މާއްދާތަކަކީ މިހާތަނަށް ރާއްޖޭގައި އޭލެވެލަށް ކިޔަވައިދޭ މާއްދާތައް ނޫންކަން ފާހަގަކޮށްލެވެ އެވެ.

އާ ހަ މާއްދާއަކަށް އޭ ލެވެލަށް ކިޔަވައިދޭން ވީއައިއެޗްއެސުން ނިންމާފައިވާއިރު، މިހާރުވެސް އެ ސްކޫލުން ދަނީ އޭލެވެލްގައި 11 މާއްދާއެއް ކިޔަވައިދެމުންނެވެ.

މިހާރު ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ބައޮލޮޖީ، ބިޒްނަސް، ކެމިސްޓްރީ، އެކައުންޓިން، ފިޒިކްސް، އިކޮނޮމިކްސް، މެތަމެޓިކްސް، ދިވެހި، އިސްލާމް، ޓްރެވެލް އެންޑް ޓޫރިޒަމް އަދި އިނގިރޭސި (އައިޖީސީއެސްއޯ، ސީއޭއީ، ސީޕީއޭ) ހިމެނެ އެވެ.