Advertisement

ހުލާސާކޮށް އިއްޔެ: ދަ ޑިމޮކްރެޓްސް ދޫކޮށް، މެމްބަރު ޔާސިރު އާއި ކުޅުދުއްފުށީ ކައުންސިލް އެމްޑީޕީ އަށް ބަދަލުވުން

16 އޮގަސްޓު 2023 - 07:40 0

ރައީސް ސޯލިހު ރޭ މެމްބަރު ޔާސިރު އަދި ކުޅުދުއްފުށީ ކައުންސިލް މެމްބަރުންނާއެކު. -- ފޮޓޯ: އެމްޑީޕީ


ހުލާސާކޮށް އިއްޔެ: ދަ ޑިމޮކްރެޓްސް ދޫކޮށް، މެމްބަރު ޔާސިރު އާއި ކުޅުދުއްފުށީ ކައުންސިލް އެމްޑީޕީ އަށް ބަދަލުވުން

16 އޮގަސްޓު 2023 - 07:40 0

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާއި ކައުންސިލްގެ ހުރިހާ މެމްބަރުން ދަ ޑިމޮކްރެޓްސް ދޫކޮށް، އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

ޔާސިރު އެމްޑީޕީއާ ރޭ ގުޅިވަޑައިގަތީ، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ އޭނާ ދުރުގައި އުޅުއްވާތާ ގިނަ ދުވަސްވަތަކެއް ވުމަށް ފަހު އެވެ. ނަމަވެސް އޭނާ ދަ ޑިމޮކްރެޓްސް ދޫކޮށްލެވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ޔާސިރު އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ މަޑު ނޫކުލައަށް ބަދަލުވީ މެއި 30 ވަނަ ދުވަހު އެވެ. ނަމަވެސް، މެމްބަރު ޔާސިރާއެކު ކައުންސިލްހެ ހަތް މެމްބަރުން ވެސް ރޭ ވަނީ އަލުން ރީނދޫ ކުލައަށް ބަދަލުވެފަ އެވެ

މެމްބަރު ޔާސިރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ފޯމް، ރައީސް ސޯލިހާ ހަވާލު ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ


ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު، އެ މަނިކުފާނަށް ތާއިދު ކުރެއްވި މަޖިލިސް މެމްބަރުން މޭ މަހު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދާކަން އިއުލާނު ކުރެއްވި އެވެ. އެކަން އިއުލާނު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރަން އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާ އެކުގަ އެވެ.

ޕްރައިމަރީ އަށް ފަހު ނަޝީދު އާއި އެ މަނިކުފާނުގެ ސަޕޯޓަރުން ހަރަކާތްތެރިވަމުން ގެންދެވީ، ޕްރައިމަރީގައި ބޭނުންކުރެއްވި ޝިޔާރު، "ފިކުރެއްގެ ދިރުން" ނަމުގަ އެވެ.

ދަ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން އެމްޑީޕީ ސިފަ ކުރެއްވީ ބިރު ދެއްކުމާއި ކޮރަޕްޝަނާއި ފަސާދަ އަދި ނަފުރަތުގެ ނެޓްވޯކެއްގެ ގޮތުގަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިނުގައި މަދަނީ ޖަމިއްޔާތަކާ އެކު ޖޭޕީން މިރޭ ބޭއްވި ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވަނީ ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ތަނަވަސް ބަޔަކަށް ހަދަން ދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވުމުގެ ގޮތުން ކަމަށެވެ. ދައުަލަތުގެ ފައިސާއިން "ބޮޑުލާރިއެއް ގައި ވެސް ނުޖެހޭނެ"ކަމަށް ވިދާޅުވެ، އެކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ވާހަކަ އެވެ. އޭނާ ވިދާޅުވީ އަދާކުރެއްވި އެއްވެސް މަގާމެއްގައި ދައުލަތުގެ "ބައިސެންޓް" ގައި ވެސް ޖެހިވަޑަައިގެންފައި ނުވާނެ ކަމަށެވެ.

އެހެންވީމާ ތިޔަ ބޭފުޅުން، [ރައީސުލް ޖުުމްހޫރިއްޔާގެ ގޮތުގައި] ޓެސްޓްކޮށްލައްވަން ވެސް ރަނގަޅެއްނުންތޯއޭ އަޅުގަނޑު މި އަނގަތަޅަމުން ދާއިރު، ކޮންމެ ފަހަރަކު ވެސް ޗާންސް އޮތިއްޔާ އެ ފުރުސަތު ދެއްވާތޯ ރައްޔިތުންނަށް އާދޭސް ދަންނަވަމުން ދާއިރު. ކީއްވެތޯއޭ އަޅުގަނޑަށް އެއް ފަހަރު ވެސް ފުރުސަތު ނުދެއްވަންވީ؟"

ދުވަހުގެ ފޮޓޯ

ރައީސް ސޯލިހު ނ. އަތޮޅަށް ކުރެއްވި ކެމްޕޭނު ދަތުރުގައި، އެ އަތޮޅުގެ ރަށެއްގައި ކުޑަ ކުއްޖަކާއެކު ސެލްފީއެއް ނަންގަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު