Advertisement

ޑި ބްރޭނާ ހަތަރު މަހަށް ކުޅުމާ ދުރަށް

16 އޮގަސްޓު 2023 - 09:55 0


ޑި ބްރޭނާ ހަތަރު މަހަށް ކުޅުމާ ދުރަށް

16 އޮގަސްޓު 2023 - 09:55 0

ޕިރާއޫސް (އޮގަސްޓް 16) - މެންޗެސްޓާ ސިޓީގެ މުހިންމު ކުޅުންތެރިޔާ ކެވިން ޑި ބްރޭނާ ހަތަރު މަހަށް ކުޅުމާ ދުރަށް އަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަތަރު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޑި ބްރޭނާ، ފަލަ މަސްގަނޑަށް އަނިޔާވީ ހުކުރު ދުވަހުގެ ރޭ ބާންލީއާ ދެކޮޅަށް ސިޓީ ކުޅުނު މި ސީޒަންގެ ޕްރިމިއާ ލީގު ފުރަތަމަ މެޗުގައެވެ.މި ފަދަ އަނިޔާއެއް މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ޑިބްރޮއިނާ ،32، އަށް ކުރިމަތިވިއެވެ.

ޔުއޭފާ ސުޕަ ކަޕްގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ޑި ބްރޭނާ އަށް ކުރިމަތިވީ "ސީރިއަސް އަނިޔާއެއް" ކަމަށެވެ. އަދި މި އަނިޔާއާ ގުޅިގެން ސާޖަރީއެއް ކޮށްފިނަމަ، ހަތަރު މަހެއްހާ ދުވަހަށް ޑި ބްރޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ.

"ސާޖަރީއެއް ކުރާނީތޯ ނުވަތަ ނުކުރާނީތޯ. ސާޖަރީއެއް ކުރަންޖެހިއްޖެއްޔާ ހަތަރު ވަރަކަަށް މަސް ނަގާނެ އަލުން ކުޅުން ނުކުންނަން،" ގާޑިއޯލާ ބުންޏެވެ.

ޑި ބްރޭނާ ނެތްތަން ފޫބެއްދުމަށް އިންގްލެންޑްގެ ފިލް ފޯޑަން އާއި އާޖެންޓީނާގެ ހޫލިއަން އަލްވެރޭޒް ފަދަ ކުޅުންތެރިން ސިޓީގެ ސްކޮޑުގައި ތިބި ނަމަވެސް، ގާޑިއޯލާ ބުނީ ޑި ބްރޭނާ ނެތްތަން ފޫބެއްދުމަކީ ވާނެކަމެއް ނޫން ކަމަށެވެ.

"ޑި ބްރޭނާގެ ވަރަށް ތަފާތު ހުނަރުތަކެއް އެބަހުރި. މިހާ ދުވަހަށް އޭނާ ނުލައި ކުޅުމަކީ މި ޓީމަށް އުނދަގޫވާނެ ކަމެއް. އެކަމަކު އަހަރަމެން ކުރިއަށް ވިސްނަންޖެހޭ. ޑިބްރޮއިނާ ނެތްތަން ފޫބެއްދުނަސް، ހަމަ ހުނަރުވެރި އެހެން ކުޅުންތެރިން ޓީމުގައި އެބަތިބި،" ގާޑިއޯލާ ބުންޏެވެ.

ޑި ބްރޭނާ އަށް އަނިޔާގެ މައްސަލަތަކާ ހެދި މިދިޔަ ސީޒަނުގައި ވެސް ގިނަ މެޗުތަކެއް ގެއްލިފައިވެ އެވެ.