Advertisement

ހަތަރު އަހަރު ތެރޭ ވީނަސް އަށް ބޮޑު މޮޅެއް

15 އޮގަސްޓު 2023 - 11:31 0


ހަތަރު އަހަރު ތެރޭ ވީނަސް އަށް ބޮޑު މޮޅެއް

15 އޮގަސްޓު 2023 - 11:31 0

އޮހިއޯ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 15) - ސިންސިނާޓީ އޯޕަންގައި ރަޝިއާގެ ވެރޯނިކާ ކުޑޭރްމެޓޯވާ ބަލިކޮށް، އުުމުރުން 43 އަހަރުގެ ވީނަސް ވިލިއަމްސް، ފާއިތުވި ހަތަރު އަހަރު ތެރޭ ޓެނިސް މެޗަކުން ހޯދި އެންމެ ބޮޑު މޮޅު ހާސިލްކޮށްފި އެވެ.

އެ ގޮތުން، ވެރޯނިކާ އަތުން 6-4 7-5 އިން ވީނަސް މޮޅުވިއިރު، މިއީ އެމެރިކާގެ ޓެނިސް މުބާރާތެއްގައި ފާއިތުވި ތިން އަހަރު ތެރޭ އޭނާ އަށް ލިބިގެންދިޔަ ފުރަތަމަ މޮޅެވެ.

"މި ކުޅިވަރު (ޓެނިސް) އަކީ އަހަރެންގެ ދިރިއުޅުމުގެ ހާއްސަ ބައެއް. އަހަރެން އަބަދުވެސް ވަރަށް ގަޔާވެގެން ކުރާ ކަމެއް މިއީ،" މި ވަގުތު ދުނިޔޭގެ ރޭންކިންގެ 533 ވަނައިގައި އޮތް ވީނަސް ބުންޏެވެ. "މިދިޔަ އަހަރުތަކުގައި އަނިޔާއާ ހެދި އަހަރެން ވަރަށް ދަތި އުނދަގޫ ހާލަތެއްގައި އުޅެން ޖެހިފައިވަނީ، އެހެންވެ ކެރިއަރަށް ފޯކަސް ކުރަން ވެސް އުނދަގޫވި، މި ވަގުތު އަހަރެން މި ހުރީ ހިތްހަމަޖެހިގެން،"

ސިންސިނާޓީ އޯޕަން ދެ ވަނަ ބުރުގައި ވީނަސް ކުޅޭނީ ޗައިނާގެ ޝިންވެން ޒެންގްއާ އެެވެ. ވީނަސް، އެންމެ ފަހުން މި މުބާރާތުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވެފައިވަނީ 2019 ވަނައިގަ އެވެ.

މީގެ ކުރިން ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް ވެސް ޖެހިލި ވީނަސް ޕްރޮފެޝަނަލް ޓެނިސް ކެރިއަރު ފެށީ 1994 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރަކީ 14 އަހަރެވެ. ޓެނިހުގައި މި ވަގުތު ރަސްމީ ލެވަލްގައި ކުޅެމުން އަންނަ އެންމެ ދުވަސްވީ އެއް ކުޅުންތެރިއަކީ ވީނަސް އެވެ.