Advertisement

ޔޫތު އެންޑް ސްޕޯޓްސް ވަކިކޮށް، ވަކި ދެ މިނިސްޓްރީ އުފައްދަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

14 އޮގަސްޓު 2023 - 10:05 0

ނިމާ ހަސަން

ނިމާ ހަސަން

މިދިޔަ އަހަރު ޒުވާނުންގެ ދުވަހު ބޭއްވި ޖަލްސާ; ޔޫތް އެންޑް ސްޕޯޓްސް ވަކިކޮށް ދެ މިނިސްޓްރީއަކަށް ހަދަން ރައީސްގެ ވައުދެއް -- ފައިލް ފޮޓޯ: ޝާބިން/ އަދަދު


ޔޫތު އެންޑް ސްޕޯޓްސް ވަކިކޮށް، ވަކި ދެ މިނިސްޓްރީ އުފައްދަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

14 އޮގަސްޓު 2023 - 10:05 0

މިނިސްޓްރީ އޮފް ޔޫތު, ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ ދަށުން ޒުވާނުންގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ ވަކިކޮށް ވަކި ދެ މިނިސްޓްރީއެއް އުފައްދަން ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ޒުވާނުންނާއި ކުޅިވަރާ ގުޅޭ މެންޑޭޓު ހިންގަމުން ދަނީ އެއް ފުރާޅެއްގެ ދަށުން އެއް ވުޒާރާއަކުންނެވެ. މި ސަރުކާރުގައި ވެސް އެކަން އޮތީ އެހެންނެވެ. އެކަމާ ގުޅިގެން ޒުވާނުންގެ މައްސަލަތަކަށް އަހަންމިއްޔަތުކަން ދޭ މިންވަރަށް ވުރެ ކުޅިވަރަށް އަހަންމިއްޔަތުކަން ދޭ ކަމަށް ބުނެ ޒުވާނުންގެ ކަންބޮޑުވުން އޮވެ އެވެ.

ރޭ ލޯންޗުކުރި އެމްޑީޕީގެ މެނިފެސްޓޯގެ "އާ ޒުވާން ޖީލު" ސިޔާސަތުގައި ވަނީ "އެމްޕަވާޑް ޒުވާނުން" އުފެއްދުމަށް ކުރާ މަސައްކަތުގެ ތެރެއިން ޒުވާނުންނާއި ކުޅިވަރު ވުޒާރާއަކީ ދެ ވުޒާރާއަކަށް ހަދަން ވައުދުވެފަ އެވެ.

"ކޮންމެ ޒުވާނަކީވެސް އިސްލާމީ ރިވެތި އަހުލާގާއެކު މަތީ ތައުލީމާއި ތަމްރީނާއި ހުނަރު އިތުރުކުރުމުގެ ފުރުސަތު ލިބިފައިވާ ފަރާތަކަށްވާނެ އެވެ. ޒުވާނުންގެ އިލްމާއި ހުނަރާއި ފަންނުވެރިކަމުން އާމްދަނީ ހޯދޭނެ މަގުފަހިވެ، އުފެއްދުންތެރި ފުދުންތެރި ދިރިއުޅުމެއް ބިނާކުރުމަށް ޒުވާނުންނަށް ބާރުއެޅޭނެ އެވެ." އާ ސިޔާސަތު ހުށަހަޅަމުން އެމްޑީޕީން ބުނެފައިވެ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި, ޒުވާނުންނާއި ކުޅިވަރު ވުޒާރާ ވަކިކުރަން ހިމަނާފައި ވަނީ ޒުވާނުން ބާރުވެރި ކުރުވުމުގެ ސުރުހީގެ ދަށުންނެވެ. އެ ސުރުހީގެ ދަށުން ޔޫތު-ކޯ އެއް ގާއިމުކޮށް ޔޫތު ލީޑަރުން އުފެއްދުމާއި, މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުމަށް ހާއްސަ ކޯ-ވޯކިންގް ސްޕޭސް ގާއިމުކުރާއިރު، ޒުވާނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ފުރުސަތު ދިނުން ވެސް ހިމަނާފައި ވެއެވެ.

ޒުވާނުންނަށް ކޮށްދޭން އެމްޑީޕީގެ މެނިފެސްޓޯގައި ޖުމްލަ 50 ކަމެއް ހިމަނާފައި ވެއެވެ.

އެމްޑީޕީން ނ. ވެލިދޫގައި ކުރިއަށް ގެންދާ ޖަލްސާގައި ނެރުނު ޒުވާނުންނާ ގުޅޭ ސިޔާސަތުގައި ބޯހިޔާވަހިކަމާއި ސިއްހަތާއި މުނިފޫހިފިލުވުން ހިމެނޭހެން ޒުވާނުންނާ ގުޅޭ މައިގަނޑު ހުރިހާ ދާއިރާއަކުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ހިމަނާފައިވެ އެވެ.