Advertisement

އެމްޑީޕީގެ މެނިފެސްޓޯ: ޒުވާނުންނަށް ފަސޭހަ ބޯހިޔާވަހިކަމާއި ވިޔަފާރި!

13 އޮގަސްޓު 2023 - 22:06 0


އެމްޑީޕީގެ މެނިފެސްޓޯ: ޒުވާނުންނަށް ފަސޭހަ ބޯހިޔާވަހިކަމާއި ވިޔަފާރި!

13 އޮގަސްޓު 2023 - 22:06 0

ފަސޭހައިން ބޯހިޔާވަހިކަން ހޯދޯ، ކޯ-ލިވިން ސްޕޭސް އާއި ސްޓޫޑިއޯ ސްޕޭސް ފަދަ ގޮތްތައް ތައާރަފްކުރުމާއި ފަސޭހައިން ވިޔަފާރިކޮށް ޒުވާން ވިޔަފާރިވެރިން އުފެއްދުން ހިމެނޭހެން އެކުލަވާފައިވާ އެމްޑީޕީގެ ޒުވާނުންގެ ސިޔާސަތު މިރޭ ހާމަކޮށްފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދަން އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ޒުވާނުންނަށް ހާއްސަކޮށްފައިވާ ބައި ލޯންޗް ކުރީ އެމްޑީޕީން ނ. ވެލިދޫގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގަ އެވެ. ބޯހިޔާވަހިކަމާއި ސިއްހަތާއި މުނިފޫހިފިލުވުން ހިމެނޭހެން އެކުލަވާލައިފައިވާ އެ ބައިގައި ޒުވާނުންނާ ގުޅޭ މައިގަނޑު ހުރިހާ ދާއިރާއަކުން ކުރިއަށް ގެންދާނެ ސިޔާސަތުތައް ހިމަނާފައި އެބަ ހުއްޓެވެ.

ބޯހިޔާވަހިކަން

  • ބޮޑެތި އެޑްވާންސްތަކާ ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ/ އަމިއްލަކުރެވޭނެ މަގުފަހިކޮށްދޭނެ.
  • ފަސްޓް ޓައިމް ހޯމް އޯނަރސްއަށް ހާއްސަކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 ޕަސަންޓަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައިދޭނެ.
  • ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިންގ ތައާރަފުކުރާނެ.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް

  • ޒުވާނުންގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް މަގުފަހިކުރާނެ ޔޫތު އިނޮވޭޝަން ލެބް އަދި ޔޫތު އެންޓަރޕްރިނިއަޝިޕް އިންކިއުބޭޓަރސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ.
  • ޒުވާނުންނަށް ހާއްސަ ސްޓަރޓަޕް ލޯނު، އިކިއުޓީ ފައިނޭންސިންގް އަދި މައިކްރޮފައިނޭންސިންގް ލޯނު ތައާރަފްކުރާނެ.
  • ޖޮބް ސެންޓަރު ފުޅާކޮށް، ޒުވާނުންނަށް ހާއްސަކޮށް ކެރިއަރ ގައިޑެންސް ސެޝަންތަކާއި، ޖޮބް ފެއަރތައް ބާއްވައި ޒުވާނުން އާމްދަނީ ހޯދުމަށް ހުރި ފުރުސަތުތަކަށް އަހުލުވެރިކުރާނެ.
  • އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަންއެމްޕްލޯއިމަންޓް ބެނެފިޓްސް ތައާރަފުކުރާނެ.
  • ދިވެހި އިގްތިސާދުގައި އީޖާދީ ވިސްނުން ފުޅާކުރުމަށްޓަކައި އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއާ ބެހޭ ގާނޫނެއް އެކުލަވާލާ ތަންފީޒުކުރާނެ.
  • އުފެއްދުންތެރި އީޖާދީ މަސައްކަތްތަކަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ޕޭޓެންޓްތަކާއި ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނޭ ޕްލެޓްފޯމެއް ގާއިމުކުރާނެ.
  • ފަންނުވެރިކަމަށް ހާއްސަ ލޯނު ސްކީމް ފުޅާކުރާނެ.
  • ތަފާތު ފަންނުތަކުގެ ފަންނުވެރިންނަށް އަސާސީ ސާމާނާއެކު ޕްރެކްޓިސް އަދި ވޯކިންގް ސްޕޭސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ.

ޒުވާނުންގެ ސިއްހަތު

  • ޕްރައިމެރީ ހެލްތުކެއަރ މޮޑެލްއިން ޕްރިވެންޝަންއަށް ހާއްސަ މަސައްކަތްކުރާނެ.
  • މެންޓަލް ހެލްތްއަށް ހާއްސަކޮށްގެން، އެޑޮލެސެންޓް ކްލިނިކްތަކާއި ޓެލެމެޑިސިން ކްލިނިކްތައް ގާއިމުކުރާނެ.
  • ފިޓްނަސް ދާއިރާ ރެގިއުލޭޓްކުރާނެ.
  • ދެ ޖިންސަށް ހަމަހަމަ ކުޅިވަރުގެ ވަސީލަތްތަކާއެކު ހެލިފެލިވެ އުޅުމަށް ބާރުއެޅޭނެހެން ކުޅިވަރުގެ ވަސީލަތްތައް ހުރިހާ ރަށެއްގައިވެސް ގާއިމުކުރާނެ.
  • ސިޓީތަކުގައި އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސް ގާއިމުކުރާނެ.
  • ރާއްޖޭގައި ޒުވާނުންނާއި ފުރާވަރު ކުދިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެމަރޖިންގް އީ-ސްޕޯރޓްސް، މާޝަލް އާޓްސް، ކައިޓް ސަރފިންގް، ރޭސިންގް، އަރބަން ސްކޭޓިންގް، ޕާކޯރ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތް ގާއިމުކުރާނެ.
  • މޫދު ކުޅިވަރަށް މަޝްހޫރު ގައުމެއްގެ ގޮތުގައި ރާއްޖެ އިތުރު ހަރުފަތްތަކަށް ގެންދާނެ.
  • ކުޅިވަރުގެ ތެރެއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ކުޅިވަރުގެ ތަމްރީނު ފުރުސަތު ހޯދައިދީ، ކުޅިވަރުން ކާމިޔާބީ ކަށަވަރުކޮށްދޭނެ.
  • ބައިނަލްއަގުވާމީ މުބާރާތް ބޭއްވޭނެ ގައުމީ އިންޑޯ ފުޓްސެލް އެރީނާއެއް ގާއިމުކޮށް ގައުމީ ފެންވަރުގެ ފުޓްސެލް ލީގުތައް ތައާރަފްކުރާނެ.
  • ތިލަފުއްޓާއި އެހެނިހެން ސަރަހައްދުތަކުގައި ރޭސިންގް ޓްރެކްތައް ގާއިމުކުރާނެ.

ޒުވާނުންނަށް ހާއްސަކޮށް މިރޭ ތައާރަފްކުރި ސިޔާސަތުގައި ހިމެނޭ އެހެން ބައިތަކުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުން، ޒުވާނުންނާއި ޓެކްނޮލޮޖީ، ހުނަރުވެރި ޒުވާނުން އަދި ބޭނުންތެރި ހުސްވަގުތު ހިމެނެ އެވެ.