Advertisement

ރ. އަލިފުށި ޓެކްނިކަލް އިންސްޓިޓިއުޓުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި

13 އޮގަސްޓު 2023 - 19:35 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރ. އަލިފުށި ޓެކްނިކަލް އިންސްޓިޓިއުޓުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި

13 އޮގަސްޓު 2023 - 19:35 0

ރ. އަލިފަށީގައި މިނިސްޓަރީ އޮފް ހަޔާ އެޑިއުކޭޝަނުން ތަރައްގީކުރާ ޓެކްނިކަލް އިންސްޓިޓިއުޓުގެ ސެޕްޓެމްބަރު އިންޓޭކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓަރީން މިއަދު ކުރި އިއުލާނުގައި ބުނީ ޖުމުލަ 10 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފަ އެވެ. އޭގެތެރޭގައި ފައިބަރު ބޯޓު ބިލްޑިންއާއި އޮފީސް މެނޭޖުމަންޓު އެންޑު އެޑްމިނިސްޓްރޭޝަން ދާއިރާގެ އިތުރުން އިންފޯމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ލެވެލް 3 އިން ފެށިގެން ގޮސް އެޑްވާންސް އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިމެނެ އެވެ.

ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔަވައިދޭ އެ ކޯސްތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 20 ވަނަ ދުވަހެވެ.

ސެޕްޓެމްބަރުގައި ފަށާ ކޯސްތަކުގެ އިތުރުން މިއަހަރު ތެރޭގައި އިލެކްޓުރިކަލް އެންޑު އިލެކްޓުރޯނިކްސް އިންޖިނިއަރިންއާއި މެރިން މެކޭނިކްސް އަދި އޮޓޯމޯޓިވް ރިޕެއާގެ އިތުރުން ވެލްޑިންއާއި އެއާކޮންޑިޝަނިން އެންޑު ރެފްރިޖެރޭޝަންއާއި ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު ކޯސްތައް ފެށުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ ހުރިހާ ކޯސްތަކާއި މިނިސްޓަރީން ކުރިއަށް ގެންދާ ސްޓޫޑެންޓު ލޯނު ސްކީމްތަކާއި ސްކޮލާޝިޕުތަކުގެ މައުލޫމާތު ދިނުމަށް ހާއްސަކޮށް މިމަހު ފަހުކޮޅު ކެރިއާ ގައިޑެންސް އޯޕަންޑޭއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަމާޒުކޮށްގެން މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ރައްޔިތުންނަށް ފަސޭހައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓަރީ އޮފް ހަޔާ އެޑިއުކޭޝަނުން ރ. އަލިފުށީގައި ގާއިމު ކުރާ ޓިވެޓު ސެންޓަރުގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލިއިރު، އެތަނުގެ މަަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.